logo minivan

English

ބުރާސްފަތި, 19 ސެޕްޓެމްބަރ 2024

ލިބެނީ ދުވާލަކު 4 މިލިއަން ޑޮލަރު، 12 މިލިއަން ޑޮލަރު ހަރަދުކުރަން ޖެހޭ

ރާއްޖެއަށް ދުވާލެއްގެ މައްޗަށް ލިބޭ އާމްދަނީއަކީ 4 މިލިއަން ޑޮލަރު ނަމެވެސް ދައުލަތުން 12 މިލިއަން ޑޮލަރު ހަރަދު ކުރަންޖެހޭކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިގްތިސާދު ދަށްވެ ސަރުކާރުން އެޅުމަށް ނިންމާފައިވާ ބައެއް މުހިންމު ފިޔަވަޅުތައް އިއުލާނު ކުރިއިރު އޭގެ ތެރޭގައި ހަރަދުތައް ކުޑަކޮށް ޑޮލަރު އާމްދަނީ އިތުރު ކުރުން ހިމެނެ އެވެ.

އެ މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލު އުފައްދާތީ، ސައީދު ވިދާޅުވީ ރާއްޖެއަށް ދުވާލަކު 4 މިލިއަނާއި ގާތްކުރާ އަދަދަކަށް ޑޮލަރު ލިބުނު ނަމަވެސް، ދައުލަތުން 12 މިލިއަން ޑޮލަރު ހަރަދު ކުރަންޖެހޭ ކަމަށެވެ. އަދި 8 މިލިއަން ޑޮލަރު ދުވާލަކަށް ދަރަނީގެ ސްޓޮކަށް އިތުރުވާކަން ފާހަގަކުރެއްވި އެވެ. މިއަދު އޮތް ހާލަތަށް ގައުމު ގޮސްދާނެކަމަށް ލަފާ ކުރެވޭތީ އިންޓަނޭޝަނަލް މަނިތަރީ ފަންޑާއި މާލީ އިދާރާތަކުން ކެނޑިނޭޅި ދިން އިންޒާރުތަކަށް ކުރީ ސަރުކާރުން ދިނީ ބީރު ކަންފަތެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *