logo minivan

English

ބުރާސްފަތި, 19 ސެޕްޓެމްބަރ 2024

ބިދޭސީންނާ ގުޅޭ 369 މައްސަލަ އިމިގްރޭޝަނުން ގެންދަނީ ބަލަމުން

އިމިގްރޭޝަނާ ގުޅުންހުރި މައްސަލަ ރިޕޯޓްކުރުމަށް ޚާއްސަ ކުރި "އިމިގްރޭޝަން ވޮޗް"އަށް މިހާތަނަށް 473 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

ޖުލައި މަހުގެ 17ވަނަ ދުވަހުން ފެށިގެން މިމަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް 473 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އަދި އޭގެ ތެރެއިން 369 މައްސަލަ ބަލަމުންދާ ކަމަށާއި ވެރިފައި ކުރަމުންދާ މައްސަލަތަކުގެ އަދަދު 82އަށް އަރާފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި އިދާރާއާ ނުގުޅޭ މައްސަލަތަކާ ގުޅޭގޮތުން 22 މައްސަލައެއް ރިޕޯޓް ކުރެވިފައި ވެއެވެ.

"އިމިގްރޭޝަން ވޮޗް" އަކީ އިމިގްރޭޝަނާ ގުޅުންހުރި ކަންތައްތައް ރިޕޯޓްކުރުމަށް އާންމުންނަށް ފުރުސަތު ލިބިގެންދާނެ ޕްލެޓް ފޯމެެކެވެ. އެގޮތުން، މި ޕްލެޓްފޯމުން ކޮންމެ ފަރާތަަކަށްވެސް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއެއްގެ މައްސަލަ ރިޕޯޓް ކުރުމަށް ފުރުސަތު ލިބިގެން ދެއެވެ.

މި ޕްލެޓްފޯމް ބޭނުންކޮށްގެން އަމިއްލަ އައިޑެންޓިޓީ ހާމަނުކޮށް، "އެނޮނިމަސް" ކޮށްވެސް ރިޕޯޓް ކުރުމުގެ ފުރުސަތު ލިބިފައި ވެއެވެ. އަދި އެކަމުގެ ސަބަބުން އިމިގްރޭޝަންއަށް އާންމުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *