logo minivan

English

އަންގާރަ, 14 ޖެނުއަރީ 2025

ޓިކްޓޮކްގެ "ބްލެކްއައުޓް ޗެލެންޖު" ގައި 18 މަސް ދުވަހުގެ ތެރޭގައި 20 ކުދިން މަރުވެއްޖެ

ޓިކްޓޮކްގައި ކުރިއަށްދާ ނުރައްކާތެރި "ބްލެކްއައުޓް ޗެލެންޖް" ގައި ފާއިތުވި 18 މަސް ދުވަހުގެ ތެރޭގައި 20 ކުއްޖަކު މަރުވުމާ ގުޅިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. އަދި އޭގެ ތެރެއިން 15 ކުދިންނަކީ 12 އަހަރުން ދަށުގެ ކުދިންކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކް ގައި އޮންލައިން ކޮށް ހިންގަމުން އަންނަ ޗެލެންޖަކީ ގޭތެރޭގައި ހުންނަ ސާމާނު ބޭނުންކޮށްގެން ކަރުގައި އޮޅާލައި ބާރުކޮސްގެން ހޭނެތިގެން ވެއްޓޭ މަންޒަރާއި ހޭ އަރާ މަންޒަރު ވީޑިއޯ ކުރުމަށް ހިތްވަރުދޭ ޗެލެންޖެކެވެ.

ބްލޫމްބާގް ބިޒްނަސްވީކުން އެކުލަވައިލި ތަފާސް ހިސާބުތައް ދައްކާ ގޮތުން މި ޗެލެންޖް ޝޫޓް ކުރަމުން ދަނިކޮށް މަރުވި ކުދިންގެ ތެރެއިން މަދުވެގެން 15 ކުދިންނަކީ 12 އަހަރު ން ދަށުގެ ކުދިންނެވެ. އަދި މަރުވި މީހުންގެ ތެރެއިން ފަސް މީހުންނަކީ އުމުރުން 13 އަހަރާއި 14 އަހަރުގެ ކުދިންނެވެ.

އެމެރިކާގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2008 ވަނަ އަހަރު އެންމެ ފުރަތަމަ ފެނުނު "ޗޮކިން ގޭމް" ގައި 82 ކުޑަކުދިން މަރުވިއެވެ.

2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވިސްކޮންސިންގެ 9 އަހަރުގެ އަންހެން ކުއްޖަކު ކަރުގައި އެއްޗެހި އޮޅައިގެން ބްލެކްއައުޓް ޗެލެންޖް ކުރަން އުޅުމުގެ ތެރޭގައި މަރުވެފައިވެއެވެ. އަދި އިޓަލީގެ ޕަލެރްމޯގައި ވެސް އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކު މަރުވީ  ޓިކްޓޮކްގައި އެކްސްޓްރީމް ގޭމެއް ކުޅެމުން ދަނިކޮށް ކަމަށް އެކުއްޖާގެ މައިންބަފައިން ވަނީ ބުނެފައެވެ.

އެ ކުއްޖާ މަރުވުމާ ގުޅިގެން ޕަލެރްމޯ ޕްރޮސެކިއުޓަރުގެ އޮފީހުން ތަހުގީގެއް ފަށައި، އިޓަލީގެ ޕްރައިވެސީ ވޮޗްޑޮގުން ޓިކްޓޮކަށް އަންގާފައިވަނީ އުމުރުން 13 އަހަރުން މަތީގެ ކުއްޖެއްކަން ކަށަވަރު ނުކުރެވޭ އެ އެގައުމުގެ އެކައުންޓްތައް ޑި އެކްޓިވޭޓް ކުރުމަށެވެ. ނަމަވެސް ޓިކްޓޮކުން ބުނެފައިވަނީ އެ އަންހެން ކުއްޖާ ޓިކްޓޮކް އެކައުންޓެއް ހެދިއިރު އޭނާ އަކީ އުމުރުން 13 އަހަރުން މަތީގެ ކުއްޖެއްކަމަށް ބުނެފައިވާކަމަށެވެ.

2021 ވަނަ އަހަރު އެ ކުއްޖާ މަރުވުމާ ގުޅިގެން ޓިކްޓޮކް އިން ވަނީ އިޓަލީގެ 12.5 މިލިއަން މީހުންގެ އުމުރު ބަދަލު ކުރަން އެއްބަސްވެ 5 ލައްކަ އެކައުންޓް ޑިލީޓްކޮށްފަ އެވެ.

ނަމަވެސް އެއާ އެކުވެސް އެ ޗެލެންޖުގައި އެ ގައުމުން ބައިވެރިވާ ކުދިން ދިޔައީ މަރުވަމުންނެވެ. އެގޮތުން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އުމުރުން 10 އަހަރުގެ ނައިލާ އެންޑަސަން ކިޔާ ކުއްޖަކުއެ އޭނާގެ ކަޒިން ކުއްޖަކާ އެކު އެ ޗެލެންޖުގައި ބައިވެރިވެގެން އުޅެނިކޮސް މަރުވިއެވެ. އެކަމާ ގުޅިގެން މަރުވި ނާއިލާ ކިޔާ ކުއްޖާގެ މަންމަ ޓިކްޓޮކާ ދެކޮޅަށް ދައުވާ ކުރިއެވެ.

ބްލޫމްބާގް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވީޑިއޯ ޕްލެޓްފޯމާ ދެކޮޅަށް ނައިލާގެ މަންމަ ހުށަހެޅި ދައުވާގައި ވަނީ އަންހެން ކުއްޖާގެ ފޯނުގެ ފޮރެންސިކް އެނަލިސިސްއެއް ހުށަހަޅާފައެވެ. އެ އެނަލިސިސް އިން އެ ކުއްޖާ އަށް ޓިކްޓޮކު ތެރެއިން ބްލެކްއައުޓް ޗެލެންޖުގެ ވީޑިއޯތައް ދައްކުވައިދީފައިވާކަން އިނގުނުކަމަށާއި، އެކަމުގެ ސަބަބުން އެ ޗެލެންޖުގައި ބައިވެރިވުމަށް ހިތްވަރު ލިބުނު ކަމަށް ބުނެފައިވެއެވެ.

އަދި ނުރައްކާތެރި ބްލެކްއައުޓް ޗެލެންޖް ޓިކްޓޮކް މެދުވެރިކޮށް ފެތުރެމުންދާކަން އެ ކުންފުންޏަށް ޝައްކެއް ވެސް ނެތް ގޮތުގައި އެނގޭ ކަމަށާއި ޓިކްޓޮކުންގެ އަލްގޯރިދަމުން ބްލެކްއައުޓް ޗެލެންޖު ހާއްސަކޮށް ދައްކުވާދީފއިވަނީ މަރުވި ކުދިން ވެސް ހިމެނޭ ގޮތަށް ކުޑަކުދިންނަށް ކަން، ޝަކުވާގައި ފާހަގަކޮށްފައިވެއެވެ.

ނަމަވެސް ޓިކްޓޮކް އާއި ބައިޓްޑާންސްގެ މައްޗަށް ކޮށްފައިވާ ދައުވާތައް އެމެރިކާގައި ނާކާމިޔާބުވީ މުވާސަލާތީ އަހުލާގީ ގާނޫނުގެ ދަށުން އެ ކުންފުންޏަށް އިމިއުނިޓީ ލިބިފައިވާ ކަމަށް ކޯޓުތަކުން ކަނޑައެޅުމުން ޓެކް ޕްލެޓްފޯމްތައް އެ މީހުންގެ ސައިޓްތަކުގައި ޝާއިއުކުރާ ކޮންޓެންޓްގެ ޒިންމާ އުފުލަން ނުޖެހޭނެތީއެވެ.

އެޑްވަޓައިޒިން ސްޓޭންޑާޑްސް އޮތޯރިޓީ (އޭއެސްއޭ) އިން ދާދި ފަހުން ކުރި ސާވޭއަކުން ދައްކާ ގޮތުގައި ކުޑަކުދިން ސޯޝަލް މީޑިއާ ގައި ހަދާފައިވާ އެކައުންޓްތަކުގެ ތެރެއިން 1.6 މިލިއަނަށް ވުރެ ގިނަ އެކައުންޓްތަކަކީ އުމުރު އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައިވާ އެކައުންޓްތަކެކެވެ. އަދި އުމުރުން 11-17 އަހަރާ ދެމެދުގެ 93 ޕަސެންޓް ޒުވާނުން ފޭސްބުކް، އިންސްޓަގްރާމް، ސްނެޕްޗެޓް، ޓިކްޓޮކް، ޓްވިޗް، ޓްވިޓާ ނުވަތަ ޔޫޓިއުބްގައި އެކައުންޓެއް އޮންނަ ކަމަށާއި އޭގެ ތެރެއިން 24 ޕަސެންޓް ކުދިން އެކައުންޓް ކްރިއޭޓްކުރާއިރު ކުރާއިރު އުމުރު އޮޅުވާލާފައިވާ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *