logo minivan

English

އަންގާރަ, 14 ޖެނުއަރީ 2025

ލޭނުއަޅަން ހުއްދަ ނުދޭން ނިންމުން: މިނިސްޓަރު ވިދާޅުވީ ރައީސް އިސްކުރެއްވީ ސިނާއަތުގެ މަސްލަހަތު ކަމަށް

ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުޅުވައިލަން ނިންމެވި ނިންމެވުމަށް އަމަލު ނުކުރައްވާގޮތަށް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުނިންމެވުމުން އެނގިގެން ދިޔައީ, ލޭނު މަސްވެރިކަމުން ސަރުކާރަށް ލިބެން އޮތް ނަފާއަށްވުރެ ބޮޑަށް، ރައީސް އިސްކުރެއްވީ އެ ސިނާޢަތުގައިޙަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ހުރި ދަތިތަކާއި ކަންބޮޑުވުންތައް ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ލޭނު މަސްވެރިކަމަށް ހުއްދަ ދިނުމަށް ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ޖޫން 13 ގައެވެ. ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށްހުޅުވައިލުން އަނބުރާ ގެންގޮސް ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން މިއަދު ރައީސް ނިންމެވިއެވެ.

ރައީސް އޮފީހުން ބުނީ އެ ނިންމުން ބަދަލުކުރަން ރައީސް ނިންމފައިވަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، 'ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން'ގެހުށަހެޅި ކަންކަމަށް ބެލުމަށް ފަހު ކަމަށެވެ.

އެ ޚަބަރު ޓްވީޓް ކުރައްވަމުން ޝިޔާމް ވިދާޅުވީ,ސަރުކާރުން މަސްވެރިންގެ އަޑުއަހާ، މަސްވެރިންނަށް ފައިދާހުރި ގޮތަކަށް މި ސިނާޢަތް ބައްޓަންކުރުމަށްއަބަދުވެސް މަސައްކަތް ކުރާނެކަމަށެވެ. އަދި މިސިނާޢަތް އިތުރު ހަރުފަތަކަށް ގެންގޮސް ރައްޔިތުންނަށާ ޚާއްޞަކޮށް މަސްވެރި ޢާއިލާތަކަށް ކުރިމަތިވެފައިވާދަތިކަމުން އަރައިގަނެވޭނެކަމަށެވެ

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *