ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އަނެއްކާވެސް ޕޯޗްގަލް ގެ ގައުމީ ޓީމިން ޖާގަ ދީފިއެވެ.
ޔޫއެފާ ނޭޝަންސް ލީގުގައި ކްރޮއޭޝިއާ އަދި ސްކޮޓްލޭންޑާ ދެކޮޅަށް ނިކުންނަ ޕޯޗުގަލްގެ ގައުމީ ސްކޮޑުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ބައިވެރިވުމުގެ ފުރުސަތު ދިންއިރު 2026 ވަނަ އަހަރު އޮންނަ ދުނިޔޭގެ ފްޓްބޯޅަ މުބާރާތުންވެސް ކްރިސްޓިއާނޯ އަށް ޖާގަ ދޭނެ ކަމަށް ޕޯޗްގަލްގެ އޮފިޝަލުންނާ ޙަވާލާދީ މީޑިއާ ތަކުން ދަނީ ރިޕޯޓް ކުރަމުންނެވެ.
އުމުރުން 39 އަހަރުގެ ރޮނާލްޑޯ އަށް ނިމިދިޔަ ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި ރަނގަޅު ކުޅުމެއް ދެއްކިފައި ނުވި ނަމަވެސް ކޯޗު ރޮބާޓޯ މާޓިނޭޒްގެ އިތުބާރު އެބައޮތްކަމަށް ވަނީ ބުނެފައެވެ.