ރާއްޖޭގައި ފުޅާދާއިރާއެއްގައި ބިއުޓީ ސެލޫން ހިންގަމުން ދިޔަ ރިޒް ޑީޕޯޓްކުރީ ސެލޫނަށް ލިބޭ ފައިސާ އެހެން ބިދޭސީއެއްގެ އެކައުންޓަށް ޖަމާކުރަމުންދާތީ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ ވިޔަފާރީގެ ފައިސާ ބިދޭސީއެއްގެ އެކައުންޓަށް ޖަމާކުރުމަކީ ޓޮލެރޭޓް ކުރަށްވާނެ ކަމެއް ނޫންކަމަށާއި އެއީ ރާއްޖޭގައި ހުއްދަ ކަމެއް ނޫން ކަމަށެވެ.
އިޙްސާން ވިދާޅުވީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ސެލޫން ހިންގަމުންދިޔަ މީހަކު ޑީޕޯޓް ކުރުމުން އެކަމާދެކޮޅަށް ވާހަކަ ދައްކާ ބަޔަކު އުޅޭ ކަމަށާއި ނަމަވެސް ޤާނޫނު ތަންފީޒު ކުރުމުގައި ޤާނޫނާ ޚިލާފުވާ މީހާއަކީ ދިވެހިންގެ މޫނުގައި ފުށް ޖަހައިދޭ މީހެއްތޯ ނުބައްލަވާނެ ކަމަށެވެ.
އިޙްސާން މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގައި ގަވާއިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރަމުން ދިއުމާ ގުޅިގެން "ރަޖަނީ ޝްރެސްތާ" އާންމު ނަމުންނަމަ ރިޒް ޑީޕޯޓް ކޮށްފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އެގޮތުން 2024 އޮގަސްޓު 11 ވަނަ ދުވަހު އިމިގްރޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ރިޒް ހައްޔަރުކޮށްފައިވާއިރު އޭނާ އަކީ ދޫކޮށްފައިވާ ހުއްދައިގެ (ވިސާގެ) ބޭރުން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިއަ މީހެއް ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
އެއީ ހަރާމްކަމެއްތަ؟ ރިބާ އެކުލެވޭ ގޮތަށް ބޭންކު ހިންގުން މާ ގޯސް. ރާވިއްކުން މާ ގޯސް. ރާއްޖެގައި ރިސޯޓް ހިންގާ މުއްސަދި ޔޫރަޕުގެ ކުންފުނިތަކުގެ ޔޫރަޕް މީހުންނަށް ފައިސާޖަމާ ނުކުރާނެތަ؟ ސަރުކާރުން އެގްރިމެންޓް ހަދާފަ ޑޮލަރުން ފައިސާ ވަންނަ ބޭރުގެ ކުންފުނިތައްވެސް އެބަހުރި. މިސާލަކަށް ޕަވަރ ޕަރޗެސިން އެގްރިމެންޓްތައް. ތައިލެންޑް ކުންފުންޏަކަށް 20 އަހަރުވަންދެން ޑޮލަރު ދޭންޖެހޭ ގޮތަށް.