logo minivan

English

އަންގާރަ, 14 ޖެނުއަރީ 2025

ދެކުނު ޗައިނާ ކަނޑުގައި ޗައިނާ އާއި ޕލިޕިންސްގެ ކޯސްޓްގާޑު ޖެހި އެކްސިޑެއްޓް ވެއްޖެ

ދެކުނު ޗައިނާ ކަނޑުގައި ޗައިނާ އާއި ޕިލިޕީންސް ގެ ކޯސްޓްގާރޑު ޖެހި އެކްޗިޓެންޓެއް ހިނގައިފިއެވެ.

ދެކުނު ޗައިނާ ކަނޑުގެ މައްސަލާގައި ޗައިނާ އާއި ޕިލިޕީންސް ގެ ދެމެދުގައި ހިޔާލު ތަފާތުވެފައިވާ ސަރަހައްދުގައި ހިނގި 2 ގައުމުގެ ކޯސްޓްގާރޑު ޖެހި އެކްސިޑެންޓް ހިނގި ހާދިސާގައި ދެގައުމުންވެސް ދަނީ އަނެއްގައުމު ކުއްވެރިކުރަމުންނެވެ.

އެގޮތުން ޕިލިޕީންސުން ބުނަނީ ޗައިނާ ގެ ބޯޓް ގަސްތުގައި އައިސް އެގައުމުގެ ކޯސްޓްގާޑުގައި ޖެއްސީކަމަށެވެ. އަދި ޗައިނާއިންވެސް ބުނަނީ ޕލިޕިންސްގެ ކޯސްޓްގާޑުން ބަލައިގެން އައިސް ގަސްތުގައި ޖެއްސީކަމަށެވެ.

ސަބީނާ ޝޯލް ކައިރީގައި ހޮނިހިރު ދުވަހު ހިނގި އެކްސިޑެންޓަކީ ދެކުނު ޗައިނާ ކަނޑުގެ އެކި ރަށްތަކާއި ސަރަހައްދު ތަކުގެ މައްސަލާގައި 2 ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން އެންމެ ފަހުގެ އެކްސިޑެންޓެވެ. ފާއިތުވި 2 ހަފުތާގެ ތެރޭގައި އެ 2 ގައުމަށް ނިސްބަތްވާ އުޅަނދުފަހަރަށް ނިސްބަތްވާ އިތުރު 3 ހާދިސާއެއް އެ ސަރަހައްދުގައި ހިނގާފައިވެއެވެ.

ޗައިނާއިން "ޒިއަންބިން ޖިއާއޯ" އަދި "އެސްކޯޑާ ޝޯލް" ގެ ގޮތުގައި ފިލިޕީންސުން ބުނާ ސަބީނާ ޝޯލް އޮންނަނީ ފިލިޕީންސްގެ ހުޅަނގު އައްސޭރިފަށާ ގާތްގަނޑަކަށް 75 ނޯޓިކަލް މޭލު ދުރުގައިއެވެ. އަދި އެތަނާ ޗައިނާއާ ދެމެދު 630 ނޯޓިކަލް މޭލު ހުރެއެވެ.
ސައުތު ޗައިނާ ކަނޑަކީ އަހަރެއްގެ ތެރޭގައި 3 ޓްރިލިއަން ޑޮލަރުގެ ވިޔަފާރިމުދާ ހިފައިގެން ދަތުރުކުރާ ޝިޕިން ރޫޓެކެވެ. އެހެންކަމުން ޗައިނާއިން ދަނީ ދެކުނު ޗައިނާ ކަނޑު އެކީއެކަށް ގާތްގަނޑަކަށް ހުރިހާ ސަރަހައްދެއްގެ މިލްކުވެރިކަމާމެދު ދަޢުވާކުރަމުންނެވެ.

އަދި ހަމަ އެ ސަރަހައްދުގެ މިލްކުވެރިކަމާމެދު ފިލިޕީންސް އާއި ބްރޫނާއީ، މެލޭޝިޔާ، ޓައިވާން އަދި ވިއެޓްނާމުން ވެސް ދަނީ ދަޢުވާކޮށްފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *