logo minivan

English

އަންގާރަ, 14 ޖެނުއަރީ 2025
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ފަހުމީ: ލީޑަރޝިޕް ޕްރޮގްރާމާމެދު ކުރައްވާ އުންމީދު ބޮޑު

ސްޓެލްކޯގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރާތީ ސަމާލުވާން އެދިއްޖެ

ސްޓެލްކޯގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރަމުންދާތީ، ސަމާލުވާން އެކުންފުނިން އެދިއްޖެއެވެ.

އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެކުންފުނީގެ ނަމުގައި ކަސްޓަމަރުންނަށް ސްކޭމް ކޯލްތަކެއް ކުރަމުންދާކަން ފާހުގަ ކުރެވިފައިވާ ކަމަށާއި. އެ ގޮތުން އޮޅުވާލައިގެން އެ ކުންފުނީގެ ކަސްޓަމަރުންގެ ޒާތީ މަޢުލޫމާތު ހޯދުމުންދާކަމަށެވެ.

އެހެންކަމުން ސްޓެލްކޯގެ އެއްވެސް ކަސްޓަމަރެއްގެ ޒާތީ އަދި މާލީކަމަކާ ގުޅޭ މަޢުލޫމާތެއް ހޯދުމަށް އެކުންފުނިން ފޯނުން ނުގުޅާނެކަމަށާއި، އަދި އެފަދަ ކޯލެއް އައިނަމަވެސް ޒާތީ އެއްވެސް މަޢުލޫމާތެއް އެފަރާތަކާ ހިއްސާނުކުރުމަށްވެސް މެނޭޖިންގ ޑިރެކްޓަރ ފަހުމީ ވަނީ އެދިފައެވެ.

އަދި އެފަދަ އެއްވެސް މުއާމަލާތެއްގެ ސައްހަކަން ކަށަވަރުކުރުމަށް ސްޓެލްކޯގެ ރަސްމީ ޗެނަލްތަކުގެ ބޭނުން ކުރުމަށްވެސް ކަސްޓަމަރުންގެ ކިބައިން ފަހުމީ ވަނީ އެދިފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *