logo minivan

English

ބުރާސްފަތި, 19 ސެޕްޓެމްބަރ 2024
Home land minister Ali ihusaan

ކާރުދުއްވަން އިންމީހާ މިނިވަން ވުމުގައި އިހްމާލުވީ ފުލުހުންގެ މައްޗަށް ފިޔަވަޅު އަޅާނަން: މިނިސްޓަރ އިހްސާން

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ފުލެޓްތައް ކައިރިން ސްޕޯޓްސް ކާރެއް ކޮންޓްރޯލުނުވެ ގޮސް ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކުރިމީހާ ކޯޓުން ދޫކޮށްލުމާ ގުޅިގެން އެކަން ހިނގާފައިވާ ގޮތް ބަލައި އެކަމުގައި އިހްމާލުވި ފުލުހުންގެ މައްޗަށް ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ހޯމް މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ޖުލައި 31 ވަނަ ދުވަހު ހިނގާދިޔަ އެކްސިޑެންޑާ ގުޅިގެން ދަށު ކޯޓުން ބަންދުކުރުމަށް ކޮސްފައިވާ އަމުރު ހައިކޯޓުން ބާތިލްކުރުމާ ގުޅިގެން މިނިސްޓަރ އެކްސް ގައި ކޮށްފައިވާ ޕޯސްޓުގައި ވިދާޅުވެފައިވަނީ ހައި ކޯޓުން އިކުރާމް ދޫކޮށްލި ނަމަވެސް އައު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަން ހިނގައިދިޔަ ގޮތް ތަހުގީގުކޮށް އިހުމާލުވީ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެކަމެށެވެ.

ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލްކުރީ އެމައްސަލާގައި ހައްޔަރުކޮށްފައިވާ އިކްރާމް އަށް ގާނޫނީ ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު ދީފައިނުވާތީ، އެ މައްސަލައިގައި ފުލުހުން އަމަލު ކޮށްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ވާތީއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *