logo minivan

English

ބުރާސްފަތި, 19 ސެޕްޓެމްބަރ 2024

ކާރު ދުއްވަން އިންމީހާ އަނެއްކާވެސް ހައްޔަރުކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ފުލެޓްތައް ކައިރިން ޖުލައި މަހުގެ 31 ވަނަ ދުވަހު ސްޕޯޓްސް ކާރެއް ކޮންޓްރޯލުނުވެ ގޮސް ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކުރިމީހާ ހައި ކޯޓުން ދޫކޮށްލުމާ ގުޅިގެން އަނެއްކާވެސް ކޯޓް އަމުރެއްގެ ދަށުން އެމީހާ ހައްޔަރުކޮށްފިއެވެ.

ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލްކުރީ އެމައްސަލާގައި ހައްޔަރުކޮށްފައިވާ އިކްރާމް އަށް ގާނޫނީ ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު ދީފައިނުވާތީ، އެ މައްސަލައިގައި ފުލުހުން އަމަލު ކޮށްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ވާތީއެވެ.

އެއާއެކު ހޯމްމިނިސޓަރ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހައި ކޯޓުން އިކުރާމް ދޫކޮށްލި ނަމަވެސް އައު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަން ހިނގައިދިޔަ ގޮތް ތަހުގީގުކޮށް އިހުމާލުވީ ފުލުހުންނާމެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެމެށެވެ.

އަދި ފަހުން މިނިސްޓަރ އިހްސާން ކޮށްފައިވާ އެހެން ޕޯސްޓެއްގައި ވިދޅުވީ ހައި ކޯޓުން އިކްރާމް ދޫކށްްލިތާ 4 ގަޑިއިރުތެރޭގައި މިހާރު އޭނާ އަލުން ހައްޔަރުކޮސްފައިވާކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *