logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

168 ފުޅި ބަނގުރަލާއެކު ހުޅުމާލެ އިން މީހަކު ހައްޔަރު ކޮށްފި

ބަނގުރާ ފުޅިތަކަކާއެކު ހުޅުމާލެ ފޭސް 1 އިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ފޭސް 1 ޕޮލިސް ސްޓޭޝަނުން، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ނިރޮޅުން މަގުން ދުއްވާފައިދިޔަ ކާރެއް ހުއްޓުވައި ބަލައިފާސްކޮށް ކަމަށެވެ.

ތުހުމަތުކުރެވިގެން އެ ކާރު ހުއްޓުވައި ބަލައިފާސްކުރިއިރު 168 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެ ކާރު ދުއްވި، ގާޒީ ސަލާހުއްދީންއެވެ. އެއީ 44 އަހަރުގެ، ބަނގުލަދޭޝް ފިރިހެނެކެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ