logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ރައީސް މުއިއްޒު އިހްސާންތެރިއެއް ނުވާނެ: ޔާމީން

ރައީސް ޑރ، މުހައްމަދު މުއިއްޒަކީ އެމަނިކުފާނާ މެދު އިހުސާންތެރި ބޭފުޅެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުން ކުރިމަތީގައި ރައީސް މުއިއްޒު ގެންދަވަނީ އެކި ކަންކަމުގައި ތަކުރާރުކޮށް އިތުރުފުޅު ހައްދަވަމުން ކަމަށާ އެގޮތުން ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ރައީސް މުއިއްޒު، އެމަނިކުފާނު އަބަދުވެސް ރައީސް ޔާމީނަށް އިހުސާންތެރިވާނެ ކަމަށާ އެމަނިކުފާނަށް އަނިޔާވެރި ނުވާނެކަމަށް ވިދާޅުވި ވިދާޅުވުމަށް އަލި އަޅުވާލެއްވިއެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރެއް އައިސްފިނަމަ ރައީސް ޔާމީން ވަގުތުން މިނިވަންކޮށް ސިޔާސީ މަސައްކަތްކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ރައްޔިތުންނަށް ވައުދުވި ނަމަވެސް، މި ސަރުކާރު އައި ފަހުންވެސް ރައީސް ޔާމީނަށް ދަތިކުރުމުގެ ފިޔަވަޅު ކަރެންޝަންސް މެދުވެރިކޮށް އެޅުއްވިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނާ މެދު އިހްސާންތެރި ސަރުކާރަކަށް މި ސަރުކާރު ނުވާކަން މަޖިލީހުގެ ބިއުރޯގެ ޗީފު، އަހުމަދު ނިހާންގެ މައްސަލަ އަނބުރާ ގެންދިޔައިރު، އެމަނިކުފާނުގެ މައްޗަށް އަނެއްކާވެސް ޝަރީއަތްތައް ހިންގަން ފެށުމުން ވެސް އެނގިގެން ދާ ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ