2016 ވަނަ އަހަރު ރައީސް ޔާމީން އަވަހާރަކޮށްލަން ރައީސް ޔާމީން ގެ ސަރުކާރުގެ އިސް ބޭފުޅުން އުޅުއްވިކަމަށް ބުނާ ރިޕޯޓެއްގެ ވާހަކަ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުދެއްވައިފިއެވެ.
ރޭ ރައީސް ޔާމީން ގެ ޕީޕަލްސް ނޭޝަނަލް ފްރޮންޓް ޕާޓީން ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހުސެއިން ވަހީދު ވިދާޅުވީ 2016 ވަނަ އަހަރު ހިނގާދިޔަ ހާދިސާތަކަކާ ގުޅޭ ފުލުހުންގެ ތަހްގީގް ރިޕޯޓެއް ފެނިފައިވާކަމަށާއ،ި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ރައީސް މުއީޒުގެ ވާހަކަ އެ ރިޕޯޓްގައި ލިޔެފައިވާތަން ފެނިފައިވާކަމަށެވެ.
"2016 ވަނަ އަހަރު ހިނގާދިޔަ ކަންތައްތަކުގެ ތެރޭގަ ބައިވެރިންގެ ގޮތުގައި ޑޮކްޓަރ މުއީޒާ އަބްދުއްރަހީމާ މި ދެ ބޭފުޅުން ތިބި ވާހަކަ އެ ފެނުނު ތަހުގީގު ރިޕޯޓުން އަޅުހަނޑުމެންނަށް މިއޮތީ ފެނިފަ" ހުސެން ވަހީދު ވިދާޅުވިއެވެ.
ހުސެން ވަހީދު އިތުރަށް ވިދާޅުވީ އެ ރިޕޯޓަކީ ތަހުގީގުކޮށްފަ އަދި ދިރާސާ ކޮށްފަ ފުލުހުން ނެރެފައިވާ ރިޕޯޓެއް ކަމަށާއި އެ ރިޕޯޓުގައި ބުނެފައިވަނީ ގާނޫނާ ޙިލާފަށް ކޯޓު އަމުރެއްނެރެ ރައީސް ޔާމިން ހިފާ ހައްޔަރުކޮށް ދޫނިދޫ އަށް ގެންގޮސް ކޮންމެވެސް ގޮތަކުން މަރާލުމަށްފަހު ގޮޅިއެއްގެ ތެރޭގައި އަމިއްލައަށ ދަންޖެހި މަރުވީކަމަށް ހަދަން އުޅެފައިވާކަމަވެސް ބަޔާންކޮސްފައިވާކަމަށެވެ.
"މީގަ މި ބުނަނީ ކީކޭތޯ، މީގަ މިބުނަނީ ގަވާއިދާ ހިލާފް، ގާނޫނާ ހިލާފް ކޯޓު އަމުރެއް ނެރެ އެ ކޯޓު އަމުރުގެ އެހީގަ ރައީސް ޔާމީން ހިފާ ހައްޔަރުކޮށްގެން ދޫނިދޫގެ ގޮޅިއަކަށް ގެންގޮސް، ދޫނިދޫގެ ގޮޅިއަކަށް ގެންގޮއްސަ އެބޭފުޅާ ކޮންމެވެސް ގޮތަކަށް މަރާލާފަ އިނގޭތޯ، މަރާލާފަ ބަޔަކު މީހުންވެގެން ކަރަށް މަޅިއެއް ފައްތާ ތަނެއްގަ މިހެން އަޅުވާފަ ބަހައްޓާފަ ދަންޖެހިފަ ހުރިކަމެއް ނުވަތަ ދަންޖައްސާފަ ހުރި މީހެއްގެ ސިފަ ދައްކާފަ އެހާ ހިސާބުން އަމިއްލައަށް ދަންޖެހި މަރުވީ މީހުންނަށް ދޭހަވާ ގޮތައް ކަންކަން ބަދަލުކުރާނީއެވެ. އެއީ މޯލްޑިވްސް ޕޮލިސް ސާވިސް އިން 2018 ވަނަ އަހަރު ސޮއިކޮށްފަ އެތާނގެ އެކްޓިންގ ކަމިޝަނަރ ނަވާޒް ސޮއިކޮސްފަ ރިލީޒް ކޮށްފައިންކަމަށް ބުނާ ތަހްގީގު ރިޕޯޓެއްގަ ލިޔެފައިން ވާހަކައެއް" ހުސެއިން ވަހީދު ވިދާޅުވިއެވެ.
އަދިވެސް އިތުރަށް އެ ބައްދަލުވުމުގައި ހުސެއިންވަހީދު ވާހަކަ ދައްކަވަމުން ވިދާޅުވީ ހަމަ އެ ރިޕޯޓުގައި އެކަން ކަން ކުރެވުނީމަ މަޖިލިސް ރައީސް އަބްދުއްރަހީމް އަށާއި ރައީށް ޑރ.މުއިއްޒު އަށް މިލިއަނުން ފައިސާ ލިބޭނެކަމަށްވެސް ބުނެފައިވާކަމަށެވެ.
"މީގެ ތެރޭގަ ހަމަ ބުނެފައިންނަ ވާހަކައެއް މީ އަބްދުއްރަހީމަށް މިތައް މިލިއަން ފައިސާ ޑރ.މުއީޒަށް މިތައް މިލިއަން ފައިސާ ލިބޭނެކަމަށް މިކަން އެއްކޮސް ނިމިދިޔާމަ" ހުސެއިންވަހީދު ވިދާޅުވިއެވެ.
ހުސެއިންވަހީދުގެ މި ވާހަކަ ތަކަކީ މީގެ ކުރިން އެއްވެސް ވަރަކަށް އާއްމުވެފައިވާ ވާހަކަތަކަކަށް ނުވާތީ އާއި އަދި އެ ދުވަސްވަރު ރައީސް ކަމުގައި ހުންނެވީ ރައީސް ޔާމީން ކަމަށް ވާތީ އެފަދަ ތަހުގީގަކުން އެމަނިކްފާނު އަވަހާރަކޮށްްލަން އުޅުއްވި ފަރާތްތަކަކާ ދޭތެރޭ އެއްވެސް ކަހަލަ ފިޔަވަޅެއް އަޅާފައި ނެތުމުން، އެ ވާހަކަތަކުގެ ހަގީގަތަކާމެދު ވަރަށް ގިނަ ފަރާތްތަކުންދަނީ ސުވާލު އުފއްދަމުންނެވެ.