logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މޭސްތިރިއަކީ ރައީސް ޔާމީން: އަދީބު

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މޭސްތިރިއަކީ ރައީސް ޔާމީން އަބްދުލްގައްޔޫމު ކަމަށް އެމަނިކުފާނުގެ ނާާއިބް ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

ފޭސްބުކް މެދުވެރިކުރައްވައި އާންމުކުރެއްވި މެސެޖެއްގައި އަދީބު ވިދާޅުވެފައި ވަނީ އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާ މީހެއްގެ އެކައުންޓަށް އެމްއެމްޕީއާރްސީގެ ފައިސާ ވަދެފައި ނުވާނެ ކަމަށެވެ.

"އެފައިސާ ޔާމީންގެ އެކައުންޓަށް ވަދެފައި ވަނީ. އެހެންވީމާ މުޅި ހިޔާނާތުގެ މޭސްތިރިއަކީ ރައީސް ޔާމީން،" އަދީބު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ބައްލަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތްކުރައްވައި ޔާމީން ވިދާޅުވެފައިވަނީ އަދީބު ރާއްޖެ ގެންނަވައި އެމައްސަލަ ރަނގަޅަށް ތަހުގީގުކުރައްވަން ރައީސް މުއިއްޒުއަށް ކެރިވަޑައިނުގަންނަވާނެ ކަމަށެވެ.

ވެރިކަމުގައި ހުންނަވައިގެން ހިންގެވި ހިޔާނާތާއި މަނީ ލޯންޑަރިން މައްސަލައެއްގެ ޝަރީއަތް ރައީސް ޔާމީންގެ މައްޗަށް މިހާރުވެސް ގެންދަނީ ހިންގަމުންނެވެ.

އަދީބުގެ އެކައުންޓަށް ފައިސާ ވަދެފައިވާކަން އެއްވެސް ތަހުޤީޤަކުން ސާބިތުވެފައި ނުވެއެވެ. ނަމަވެސް ރައީސް ޔާމިންގެ އެއައުންޓަށް އެތައް މިލިޔަން ރުފިޔާއެއް ވަދެފައިވާކަން ވަނީ ސާބިތުވެފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ