logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ހާލު ސީރިއަސް: އައިޖީއެމްއެޗް

ރޭ މާލޭގެ ބޮޑުތަކުރުފާނު މަގުގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ހާލު ސިރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އައިޖީއެމްއެޗުން ބުނީ، އޭނާގެ ހާލު ސިރިއަސް ކަމަށާއި، ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ.

މިއެކްސިޑެންޓް ހިނގާފައިވަނީ ރޭ ދަނވަރު 00:53 އެހާކަންހާއިރު އެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީ ކާރަކާ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިނީ އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާ އަށް ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާކަމަށެވެ.

މި ހާދިސާ ފުލުހުން ދަނީ އިތުރަށް ބަލާ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ