logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ފުޅާ ދާއިރާއެއްގާއި ކަޅު ބާޒާރުގައި ޑޮލަރު ގަނެގިއްކާ ފަސް ބިދޭސީއަކު އަތުލައިގެންފި

ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކި  ބިދޭސީންތަކެއް އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ އެ އިދާރާގެ ޓާސްކު ފޯސް އަށް ލިބުނު މަޢުލޫމާތެއްގެ އަލީގައި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މިއަދު ހާއްސަ ރެއިޑެއް ކުރިއަށް ގެންދިޔަ ކަމަށެވެ.

އަދި އެ ރެއިޑުން ގަވާއިދާ ހިލާފަށް، ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދާ ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެ މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ އަދި ޑެބިޓް/ކްރެޑިޓް ކާޑު ވެސް ފެނުނު ކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.

އެ މައްސަލަ މިހާރު އިތުރަށް ތަހުގީގުކުރަމުންދާ ކަމަށާއި އަދި އެއާ ގުޅޭ  އިތުރު ތަފްސީލު ފަހުން ހާމަކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ބްލެކް މާކެޓްގައި ޑޮލަރު ވިއްކާ ބިދޭސީންތަކެއް މީގެ ދުވަސްކޮޅެއް ކުރިން ވެސް އަތުލައިގަތެވެ. އޭރު އިމިގްރޭޝަނުން ބުނީ އެ މީހުން ޑީޕޯޓްކުރާނެ ކަމަށެވެ.

ކަރަންސީ އެކްސްޗޭންޖުގެ ހިދުމަތް ދޭ ތަންތަނުގެ ކުރިމަތީ މަގުމަތީގައި ހާއްސަކޮށް ސަލްމާން މިސްކިތް ކައިރިން ބޮޑު ތަކުރުފާނު މަގުގައި ޑޮލަރު ގަތުމުގެ ވިއްކުމާއި ގަތުމުގައި ވަރަށް ގިނައިން ބިދޭސީން ހަރަކާތްތެރިވަމުންދާތަން ފެނެއެވެ.

ބްލެކް މާކެޓްގައި ގިނަ އަދަދަކަށް ޑޮލަރު ވިއްކަމުންދާ އިރު އެ މާކެޓްގައި މިހާރު ޑޮލަރެއްގެ އަގު ރުފިޔާއިން  އުޅެނީ 18އިންމަތީގަ އެވެ،

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ