logo minivan

English

އަންގާރަ, 14 ޖެނުއަރީ 2025

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ

ހުޅުމާލޭގައި ރޭ ދަންވަރު ކާރަކާ ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެއެވެ.

މި އެކްސިޑެންޓު ހިނގައިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީ ހުންނަ އުރީދޫ އިމާރާތް ކުރިމަތީގައެވެ.

”މިނިވަން “ ނޫހަށް މައުލޫމާތު ލިބުނު ގޮތުގައި، އެކްސިޑެންޓުވީ ބާރު ސްޕީޑުގައި ދުއްވައިފައި ދިޔަ ސްޕޯޓްސް ކާރެއްގައި ސައިކަލެއް ޖެހިގެންނެވެ. މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ ކަރެކްޝަނަލް ސާވިސްގެ އޮފިސަރެކެވެ. މީގެ އިތުރުން މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާގެ ލައިސެންސެއް އެއް ވެސް ނެތެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާގެ ބޮލަށް ވަނީ ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. ހަމަ އެ ވަގުތު އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވުނެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދެވުނުތާ ގާތްގަނޑަކަށް 20 ވަރަކަށް މިނެޓު ތެރޭ އޭނާ ވަނީ މަރުވެފައެވެ.

ފުލުހުން ބުނީ އެހާދިސާ ރޭ މެންދަމު ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *