logo minivan

English

ބުރާސްފަތި, 19 ސެޕްޓެމްބަރ 2024

ކިނބިއްސެއް އެޅުމުން ލިބުނު އަނިޔާގައި ކުޅުންތެރިއަކު ބަދަލުކޮށްފި!

ދަނޑުމަތީގައި ހުރު އެޅުނު ކިނބިއްސެއްގެ ސަބަބުން ކުޅުންތެރިއަކަށް އަނިޔާ ވެއްޖެއެވެ.

އެކަން ހިނގާފައިވަނީ އިނގިރޭސި ވިލާތުގެ ލީގު 1 ގެ ކުލަބެއްކަމަށްވާ ބޯލްޓަން ވޮންޑަރާސް އާއި ބަރާއޯ ބްރިސްޓަލް ސްޓްރީޓް މޯޓާސް ޓްރޮފީގެ ގްރޫޕް ސްޓޭޖުގައި މިދިޔަ އަންގާރަދުވަހު ބައްދަލުކުރި މެޗްގެތރެއިންނެވެ.

އެ މެޗްގެ ތެރެއިން ބޯލްޓަން ވޮންޑަރާސް ފޯވާރޑް ވިކްޓާ އެޑެބޮޔޭޖޯ އެޅި ކިނބިހީގެ ސަބަބުން އޭނާއަށް އަނިޔާވެ މެޗުގެ ތރެއިން އޭނާ ވަނީ ބަދަލުކޮށްފައެވެ.

އަދި އެކަމާ ގުޅިގެން އޭނާއަށް އިތުރު ފަރުވާ ދީފައިވާކަމަށާއި އޭގެ ފަހުން އުމުރުން 26 އަހަރުގެ އެޑެބޮޔޭޖޯ ވަނީ ސްކޭނެއް ހަދުމަށްފަހު އޭނާގެ ރިބްކޭޖަށާއި ބުރަކަށްޓަށް އިތުރު ފަރުވާ ދެމުންކަމަށް އޭނާގެ ކުލަބުން މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *