ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ކާރު ދުއްވަން އިން މީހާގެ ވަނަވަރު ފުލުހުން އާއްމުކޮށްފިއެވެ.
ރޭ ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުން އުރީދޫ ބިލްޑިންގ ކުރިމަތިން ހިނގި އެކްސިޑެންޓާގައުޅިގެން ފުލުހުން މީޑިއާ ތަކާ ހިއްސާކޮށްފައިވާ މައުލޫމާތުގައި ބުނެފައިވަނީ އެ އެކްސިޑެންޓްވީ ކާރު ދުއްވަން އިނީ ސ.ހިތަދޫ ވައިލެޓްފެހި އުމުރުން 26 އަހަރުގެ މުޙައްމަދު ވިޝާމު ސިދުގީ ކަމަށާއި މިހާރު އޭނާ ހުރީ ފުލުހުންގ ެބެެލުމުގެ ދަށުގައި ހައްޔަރުގައި ކަމަށެވެ.
އެކްސިޑެންޓް ވި ސައިކަލް ދުއްވަން އިން 23 އަހަރުގެ ހަސަން ސަމާހު ހުޅުމާލޭ ހޮސްޕިޓަލް ގައި ފަރުވާދެމުންދަނިކޮށް ރޭ ވަނީ ނިޔާވެފައެވެ.
ސަމާހު ދުއްވަން އިން ސައިކަލުގައި ކާރުން ޖެހުނު އިރު ސައިކަލުގެ ފަހަތުގައިވެސް އިތުރު މީހަކު އިންނަމަވެސް އެމީހާއަށް މާބޮޑު އަނިޔާއެއް ވެފައެއް ނުވެއެވެ.
ސަމާހު އަކީ ޑީޕީއާރުއެސް ގައި މަސައްކަތްކުރާ ޒުވާނެކެވެ. ސަމާހު މާފުށިން މާލެ އައިސްފައިވަނީ މާލޭގައި ބާއްވާ މެރަތަން ދުވުމެއްގައި ބައިވެރިވުމަށެވެ.