logo minivan

English

ހޯމަ, 16 ސެޕްޓެމްބަރ 2024

ބަނޑު ހިންދުމަށް އޮތް މެޖިކް ފޯމިއުލާ- އިންޓިމިޓެންޓް ފާސްޓިން

ބޮޑު ބަނޑެއް ހުރުން ނުވަތަ ފަލަވުން މިއިން ކޮންމެ ނަމެއް ކިޔަސް ބަނޑުގެ މަސްގަނޑ،ލާފައި ހުންނަ ޖީންސް ނުވަތަ ހަރުވާޅު މަތިން ބޭރަށް ނިކުމެ މަފިންއެއް ހެން ހުރިމަކީ އެއްވެސް މީހަކު ބޭނުންވާނެ ކަމެއް ނޫނެވެ.

ބަނޑުގައި ނުވަތަ އުނަގަނޑުގައި މަސްޖަހާ ހާއްސަ ސަބަބުތަކެއް ހުރެއެވެ. އަދި ފްލެޓް  ބަނޑެއް ބޭނުންވާނަމަ ކުރަންވީ ވަކި ހާއްސާ ކަންތައްތަކެއް އެބަހުއްޓެވެ. ކިޔަމުން ގެންދަވާ! އެއީ އެއްވެސް ހާލެއްގައި ބަނޑުގެ ކަސްރަތާ ގުޅިފައިވާކަމެއް ނޫނެވެ.

އެންމެ ފުރަތަމަ އެނގެންޖެހާ ކަމަކީ ފެޓް ހިންދުން ނުވަތަ ފެޓް ލޮސް އާއި އޮވަރ ވެއިޓްއަކީ މިއީ މުޅިން ދެ ކަންތައްކަމެވެ. ކިތަންމެ ހިކި މީހިއްގެވެސް ބަނޑާއި އުނަގަނޑުގެ މަސްތައް ބޮޑުވެފައި ހުރެދާނެއެވެ. އަދި ކިތަންމެ ފަލަ މީހެއްގެވެސް މާ ބޮޑު ބަނޑެއް ނެތި ހިނގައިދާނެއެވެ.

ބަނޑު ބޮޑުކޮށް ހުރުން ގުޅިފައިވަނީ ބަނޑުގައި ފެޓް އަށަގަނެފައިހުރުމާއެވެ. އެހެންކަމުން ފްލެޓް ބަނޑެއް ގުޅިފައިވަނީ ކާތެއްޗާއި ކާ ގަޑިތަކާއެވެ.

ދިރާސާތަކުން ދައްކާގޮތުން ބަނޑުގައި އަށަގަނެފައިވަ ފެޓް ދުއްވާލުމަށް އޮތް މެޖިކް ފޯމިއުލާއަކީ އިންޓިމިޓެންޓް ފާސްޓިންއެވެ. އެހެންނަމަވެސް އިންޓިމިޓެންޓް ފާސްޓިންއޭ ބުނީމާ ބައެއް މީހުންނަށް މިއީ ބަނޑުހައިހޫނު ކަންމަތީގައި ހުރުންކަމަށް ހީވެދާނެއެވެ. އެހެންނަމެސް މިއީ އެހެން އޮތްކަމެއް ނޫނެވެ.

އިންޓިމިޓެންޓް ފާސްޓިން އަކީ ތިމާ ކާން ބޭނުންވާ ކާނާ ރަނގަޅު ގަޑިތަކުގައި ކެއުމެވެ. އެހެން ގޮތަށްކަށް ބުނާނަމަ ފޫހިވާ ކޮންމެ ފަހަރަކު ފްރިޖް ހުޅުވައި ކާލުމުގެ ބަދަލުގައި ވަކި ރޫޓިން އަކަށް ކެއުމުގެ ގަޑިތައް ބެހެއްޓުމެވެ.

އިންޓިމިޓެންޓް ފާސްޓިންގ އަށް ދާންބޭނުންވާނަމަ އެކަން ކުރެވިދާނެ ގޮތްތަކެއް ތިރީގައި ލިޔެލާނަމަވެ.

16:8 ޑައިޓް

މި ޝެޑިއުލްއަށް ގައި ފާސްޓިންގައި ހުންނަންޖެހެނީ 16 ގަޑިއިރެވެ. އެހެންކަމުން މި ޕްލޭން އަށް ދާން ބޭނުންވާކަމަށްވާނަނަ ކެއުމާއި ފާސްޓިންގ ގަޑިތަކަކީ ދުވާލު ގަޑިތަކެވެ. ކާންވީ ހެދުނު 11 ޖަހާއިރުއެވެ. އެއަށްފަހު ފާސްޓިންގ ގައި އިރުއޮއްސި 7 ޖެހުމާ ހަމައަށް ހުންނަން ޖެހެއެވެ. ނިއުޓްރިޝަން އެންޑް ހެލްތީ އޭޖިން ޖާނަލްގައި ލިޔެފައިވާގޮތުން މި ޕްލޭން 12 ހަފްތާއަށް ފޮލޯ ކުރާނަމަ ދުވާލެއްގެ މައްޗަށް އެވެރެޖްކޮށް 350 ކެލެރީސް މަދުވެ އަދި ގައިގެ ފެޓް ޕަސެންޓް 3 ގުނަ މަދުވެގެން ދެއެވެ.

5:2 ޑައިޓް

މި އިންޓިމިޓެންޓް ފާސްޓިން ޕްލޭން ގައި އަމަލުކުރަންޖެހޭ ގޮތަކީ 5 ދުވަހު ރަނގަޅަށް ކެއުމަށްފަހު ދެން ދެ ދުވަހެއްގެ މައްޗަށް ކެލަރީ އިންޓޭކް 500 ކެލެރީއަށްވުރެ ގިނަ ނުވާގޮތަށް ކެއުމެވެ. މިއީ ފާސްޓިންގައި ގިނަ އިރު ހުންނަންޖެހޭ ޕްލޭނެކެވެ. މި ޑައިޓް ޕްލޭން އަކީ ބޮޑަށް އޮބީސް މީހުންނަށް ރަނގަޅު ޕްލޭނެއެކެވެ. މިއަށް އީޓް ސްޓްޕް އީޓް ޑައިޓްވެސް ކިޔައި އުޅެއެވެ.

14:10 ޑައިޓް

މި ޝެށިއުލްއަކީ 14 ގަޑި އިރު ފާސްޓިން އަދި ކެއުމުގެ ގަޑިތައް 10 ގަޑިއިރު ތެރޭގައި ބަހައްޓަންޖެހޭ ޝެޑިއުލްއެކެވެ. މި ޝެޑިއުލްގައި ކެއުމުގެ ގަޑިތައް ދުވާލުގެ ގަޑިތަކަށް ބެހެއްޓުމަށްފަހު ރޭގަނޑު ފާސްޓިން ގައި ހުރެވިދާނެއެވެ. ނުވަތަ ދުވާލުގެ ގަޑިތަކުގެ ފާސްޓިންގައި ހުރުމަށްފަހު އެހާ ލަސްނުކޮށް ރޭގަނޑުގެ ކެއުން ކެވިދާނެއެވެ. މުހިންމުކަމަކީ ހަކުރު އެކުލެވޭ އެކި ބާވަތްތަކުގެ ކުކީސް އާއި ޖޫސްފަދަ ތަކެތިން ދުރުވެ ހުރުމެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. 16:8 ޑައިޓްގަ ހަދަނީ ތިހެނެއް ނޫން. 11 ޖަހާއިރު ކައިފަ 7 އިން ފެށިގެން ހުންނަން ޖެހޭނީ ފާސްޓިންގް ގަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *