logo minivan

English

ހޯމަ, 16 ސެޕްޓެމްބަރ 2024

ދަރިންނަށް ޚަރަދު ނުކުރަންވެގެން މަރުވިކަމަށް ހެދިގެން އުޅުނު މީހަކު ޖަލަށް ލައިފި

ދަރިންނަށް ޚަރަދު ނުކުރަންވެގެން މަރުވިކަމަށް ހެދުނު އެމެރިކާ މީހަކު ޖަލަށް ލައިފިއެވެ.

އެމެރިކާގެ ޕްރޮސެކިއުޓަރުން ބުނެފައިވާ ގޮތުގައި 2008 ވަނަ އަހަރު ވަރިވި ޖެސީ ކިޕްފް ކިޔާ މީހަކު ވަނީ ދަރިންނަށް ޚަރަދު ނުކުރަންވެގެން ޑޮކްޓަރެއްގެ ލޮގިން ބޭނުންކޮށްގެން ހަވާއީގައި މަރުވި މީހެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައެވެ.

އެމެރިކާގެ ކެންޓަކީގެ ސޮމަސެޓް އަށް ނިސްބަތްވާ 39 އަހަރުގެ ޖެސީ ކިޕްފް އަށް އެމައްސަލާގައިވަނީ 9 އަހަރުގެ ޖަލުހުކުމެއް އިއްވާފައެވެ.

އެމެރިކާގެ އީސްޓަން ޑިސްޓްރިކްޓް އޮފް ކެންޓަކީގެ ވަކީލް ކާލްޓަން ޝީއާ އެ މައްސަލާގައި ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާގެ އެހެން ސަރަޙައްދެއްގައި ދިރިއުޅޭ ޑޮކްޓަރެއްގެ ލޮގިން ބޭނުންކޮށްގެން ހަވާއީގެ މަރުގެ ތަފްސީލް ބަލަހައްޓާ ޑާޓާ އަށް ވަދެ ފޯމު ފުރައި އޭނާ މަރުވިކަމަށް ބަދަލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ކަމަށެވެ. އެއާއެކު އޭނާ މަރުވިކަމަށް މަރު ސެޓިފިކެޓްވެސް ވަނީ ހަދާފައިކަމަށާއި، އެހެންކަމުން އޭނާ އަކީ މަރުވެފައިވާ މީހެއްކަމަށް އެމެރިކާގެ މަރު ބަލަހައްޓާ ސަރުކާރުގެ ޑާޓާ ތަކުން ފެންނަކަމަށެވެ.

މިދިޔަ ނޮވެމްބަރު މަހު އޭނާ ހައްޔަރު ކުރުމަށްފަހު ތަހުގީގުގައި އޭނާ ވަނީ އެކަން ކުރީ ދަރިންނަށް ޚަރަދު ކުރަންޖެހޭތީކަމަށް ބުނެފައެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *