logo minivan

English

ބުދަ, 15 ޖެނުއަރީ 2025

އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ މެންބަރު ހަބީބު ހިއުމަންރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްގެ މެންބަރުކަމުގެ މަޤާމަށް، ގ.ގާކޮށި ފްލެޓް 111-ބީ އަލްއުސްތާޛު އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޢައްޔަންކުރައްވައިފިއެވެ.

‎ޙަބީބު މި މަޤާމަށް ޢައްޔަންކުރެއްވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ހިޔުމަންރައިޓްސް ކޮމިޝަނުގެ މެންބަރު ކަމުގެ ހުވައި ހަބީބު އަށް ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒް ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން ހަވާލުކުރައްވާފައެވެ.
ޙަބީބު އަކީ އިލެކްޝަންސް ކޮމިޝަނުގެ ވައިސް ޗެއާޕާސަންގެ މަޤާމު ފާއިތުވި ތިން އަހަރު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން ޖެހިޖެހިގެން 2 ދައުރު އިލެކްޝަންސް ކޮމިޝަންސްގެ މެންބަރުކަމުގެ މަޤާމުވެސް ހަބީބު ވަނީ އަދާކުރައްވާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *