logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024

މަސްތުވާތަކެއްޗާ އެކު ދޯންޏަކުން ދެމީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާ އެކު ދޯންޏަކުން ދެމީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ، މި ދެމީހުން ހައްޔަރު ކޮށްފައިވަނީ، ގއ. ވިލިނގިއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި މަހުގެ 4 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ލ. ފޮނަދޫ / ކެނެރީގެ، އުމުރުން 37 އަހަރުގެ އަލީ މުމްތާޒް ގެ އިތުރުން ބަނގުލަދޭޝް މީހެއް ކަމުގައިވާ އުމުރުން 29 އަހަރުގެ އިރުޝާދު މިއާ އެވެ.

ވިލިނގިލި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ ދެ މީހުން ދަތުރުކުރި ދޯނި ކަނޑުމަތިން ހުއްޓުވައި ކޫއްޑޫ ބަނދަރަށް ގެންގޮސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި، މިތަކެތީގެ ވަގުތީ ބަރުދަނުގައި 126 ގްރާމު ހުރިކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަނދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ވިލިނގިލި ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *