logo minivan

English

ހޮނިހިރު, 19 އޮކްޓޯބަރ 2024

ތުރުކީން ގެސްޓްރިކް ބައިޕާސް ސާޖަރީ ހަދައިގެން އިނގިރޭސިވިލާތުގެ އަންހެނަކު 95 ކިލޯ ލުއިކޮށްލައިފި

އިނގިރޭސިވިލާތުގެ އަންހެނަކު ތުރުކީން ގެސްޓްރިކް ސާޖަރީއެއްހަދައި އޭނާގެ ބަރުދަނުން އަހަރެއްގެ ތެރޭގައި 95 ކިލޯ ލުއިކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ގްރާންތަމް ގެ ލިންކަންޝަޔާގައި ނަރުހެއްގެ ވަޒީފާ  އަދާކުރަމުން އައި އުމުރުން 30 އަހަރުގެ ރޯޒީ ވިޓްނީ އަކީ އޭނާގެ ބަރުދަނުގައި 177 ކިލޯ ހުރި އަންހެނެކެވެ. އޭނާގެ މަސައްކަތުގެ 13 ގަޑިއިރުގެ ޝިފްޓްގައި ގިނަ ވަގުތު ފައިމައްޗަށް ކޮޅަށް ހުންނަށް އުނދަގޫވުމުން އޭނާ ދިޔައީ ހިކުމަށްޓަކައި ތަފާތު ކަންކަން ތަޖުރިބާ ކުރަމުންނެވެ.

ޑިއުޓީ ގައި އުޅޭވަގުތު އޭނާގެ ބޫޓު ބާލަންޖެހޭ ވަގުތުތަކުގައިވެސް އޭނާއަށް ޖެހެނީ އެހެން މީހެއްގެ އެހީތެރިކަން ހޯދާށެވެ. އެހެންކަމުން އޭނާއަށް ވިސްނުނީ އޭނާ ކޮންމެހެން ހަދައިފަވެސް ހިކެން ޖެހޭ ކަމަށްކަކަމަށް އޭނާ ބުނެފައިވެއެވެއެވެ.

އެހެންކަމުން ހިކުމަށްޓަކައި އެތައް އަހަރެއް ވަންދެން ޔޯ-ޔޯ ޑައިޓިން ނަގަމުން އައި ރޯޒީ ނިންމީ 5،500 ޑޮލަރަށް ތުރުކީން ކުރެވޭ  ގެސްޓްރިކް ބައިޕާސް ސާޖަރީ ހެދުމަށް އެގައުމަށް ދާށެވެ.

ތުރުކީއަށް ގޮސް ސާޖަރީ ހެދުމަށްފަހު އަހަރެއްވީއިރު މިހާރު އޭނާގެ ބަރުދަނަކީ 82 ކިލޯއެވެ. ރޯޒީ ވަނީ އޭނާގެ ބަރުދަނުން 95 ކިލޯ ލުއިކޮށްލާފައެވެ.

ބަރުދަން ލުއިކޮށްލުމަށްފަހު ރޯޒީ ބުނީ މިހާރު އޭނާ ހުރީ ހިތްހަމަޖެހިގެން ކަމަށާއި ވަޒާިފާގައި ދުވެލާފައި އުޅެން ޖެހުނަސް މިހާރު އޭނާއަށް އެކަން ކުރެވޭނެކަމަށެވެ.

މިހާރުގެ އޭނާގެ ޑިއުޓީއަށްފަހު ޖިމަށްގޮސް 5 ކިލޯމީޓަރ ދުވުމަކީ އޭނާގެ އާދައެއްކަމުގައިވެސް ރޯޒީ ބުނެފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *