logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އިންޑިއާއިން އެމްޕޮކްސް ޖެހިފައިވާކަމަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެ

އެމްޕޮކްސް ފެތުރެމުންދާ ގައުމަކުން އެނބުރިއައި އިންޑިއާގެ ޒުވާން ފިރިހެނަކަށް އެމްޕޮކްސް ޖެހިފައިވާކަމަށް ޝައްކުކުރެވިފައިވާކަމަށް އެގައުމުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެފިއެވެ.

އެގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ މައުލޫމާތުގައި، އެ މީހާ މިހާރުވަނީ ހޮސްޕިޓަލުގައި އެކަހެރިކޮށްފައި ކަމަށާއި އޭނާގެ ހާލު ސްޓޭބަލް ކަމަށްވެސް ބުނެފައިވެއެވެ. އަދި މިވަގުތު އިތުރު ޓެސްޓްތައް ހަދަމުންދާކަމަށްވެސް ބުނެފައިވެއެވެ.

އަދި އެ ކޭސް އާއި ގުޅިގެން ކަނޑައެޅިފައިވާ ޕްރޮޓޮކޯލްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ދާކަމަށްވެސް ބުނެފައިވެއެވެ.

އިންޑިއާއިން ފެނިފައި މިވަނީ އެމްޕޮކްސް ގެ ކޮން ވޭރިއެންޓެއްކަން ހާމަކށްްފައި ނުވިނަމަވެސް މިދިޔަ މަހު "ދަ ހިންދޫ ޑެއިލީ" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެފްރިކާގައި އެމްޕޮކްސްގެ އާ ބާވަތެއް ފެތުރެން ފެށުމުން އިންޑިއާ އޮތީ އެލާޓްގަ އެވެ.

އާ ވޭރިއަންޓް ފެނުމާ އެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ މި ބަލި ފެތުރުމަކީ ބައިނަލްއަގުވާމީ ގޮތުން ކަންބޮޑުވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ