މާލޭގެ ހެންވޭރު ކޮޅުގައި ހުންނަ ގެސްޓް ހައުސް އެއްގެ ތެރޭގައި ބޮޑެތި ޒަހަމްތަކަކާއެކު ވެއްޓިފައި އޮތް ދިވެހި ފިރިހެނަކު މިއަދު ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ އެ މީހާ ފެނުނީ ހެންވޭރުގައި ހުންނަ ގެސްޓްހައުސް އެއްގެ ކޮޓަރިއެއްގައި އުޅޭ މީހެއްގެ ހަބަރެއް ނުވެގެން ފުލުހުންނަށް އެންގުމުން އެތަނަށް ގޮސްބެލުމުން ކަމަށެވެ. އެއާއެކު އެ މީހާ ވަނީ ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާ ދެމުންނެވެ.
ފުލުހުން މިހާރުދަނީ އެމީހާ ފެނުނު ގެސްޓް ހައުސްގައި ހަރަކާތްތެރިވަމުންނެވެ.