logo minivan

English

އަންގާރަ, 14 ޖެނުއަރީ 2025

ހިރިމަރަދޫ މީހުން ތުލުސްދޫއަށް ބަދަލުވާން އެދިއްޖެ

ހދ. ހިރިމަރަދޫ މީހުން ކ. ތުލުސްދޫއަށް ބަދަލުކޮށްދޭން މިއަދު އެދިއްޖެ އެވެ.

އެގޮތަށް އެދިފައިވަނީ ހިރިމަރަދޫ ކައުންސިލުން ސިޓީސް, ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނސްޓްރީއާ އެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއް ގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އެގޮތަށް ބަދަލުވުމަށް ރައްޔިތުން ނިންމާފައިވާކަން ކައުންސިލުން ފާހަގަކުރި ކަމަށެވެ.

ހިރިމަރަދޫ ކައުންސިލް މެންބަރު މުހައްމަދު އަރުޒަން "ދެން އޮންލައިން" އަށް ވިދާޅުވީ އެކަމުގެ މަޝްވަރާތައް ކުރިއަށްދާއިރު ތުލުސްދޫ ކައުންސިލާވެސް ބައްދަލު ކޮށްފައިވާ ކަމަށެވެ.

އަދި މާދަމާ ހައުސިން މިނިސްޓްރީއާ އެކު ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށް އަރުޒަން ވިދާޅުވި އެވެ.

އަރުޒަން ވިދާޅުވީ އެ ރަށުގެ ރައްޔިތުން ބޭނުންވަނީ ކ އަތޮޅު ރަށަށް ބަދަލުވާން ކަމަށާއި އެހެންވެ ރައީސް ޑރ. މުހައްމަދު މުއިއްޒު އަރިހު އެދިވަޑައިގެންފައިވާ ކަމަށެވެ.

އެކަން ތަންފީޒުކުރުމަށް ރައީސް، ހައުސިން މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ވިދާޅުވި އެވެ.

އަރުޒަން ވިދާޅުވީ ކައުންސިލުން އިސްނަގައިގެން އެ މަސައްކަތް ފަށާފައިވަނީ ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާއާއި ޒުވާނުންގެ ކުރިއެރުމާއި އެހެން ދާއިރާތަކުންވެސް ކުރިއެރުން ރައްޔިތުން ބޭނުންވާތީ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވަނީ އާބާދީ ބޮޑުތަނަކަށް ބަދަލުވާން ކަމަށްވެސް އަރުޒަން ވިދާޅުވި އެވެ.

ހިރިމަރަދޫ އާބާދީގައި 500 އެއްހާ މީހުން ތިބިއިރު ރަށުގައި ދިރިއުޅެނީ 300 އެއްހާ މީހުންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *