ނ. ހޮޅުދޫ ގެއެއްގެ ތެރޭގައި ޒަހަމްތަކެއްވެފައި އޮތް އަންހެނަކު ފެނިފައިވާ ކަމަށާއި އެމީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މީޑިއާތަކަށް ފުލުހުންގެ ފަރާތުން ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ހޮޅުދޫ ގެއެއްގައި ޒަހަމްތަކެއް ވެފައިވާ އުމުރުން ދުވަސްވީ އަންހެނަކު ފެނިގެން އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަމަށާއި، އަދި އެއަށްފަހު އެމީހާ މަރުވެފައިވާކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް އަންގާފައިވާކަމަށެވެ.
އަދި އެމައްސަލާގައި ފުލުހުންގެ ތަހުގީގު ޓީމުން މިހާރު ޙަރަކާތްތެރިވަމުންދާކަމަށްވެސް އެ މެސެޖުގައި ބުނެފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ އުމުރުން 50 އަހަރުގެ އަންހެނެކެވެ. އަދި އެ މީހާ ފެނުނުއިރު ކައިރީގައި ވަޅިއެއް އޮތްކަމަށާއި އަދި އެމީހާގެ ކަރަށް ޒަހަމްތަކެއް ލިބިފައިވާކަމުގެ ނިޝާން ތަކެއްވެސް ހުރިއެވެ.