އިއްޔެ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް ގާތްގަނޑަކަށް 200،000 ރުފިޔާ ގެ އެހީ ފޯރުކޮށްދެވިއްޖެ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އިން ބުނެފި އެވެ.
ހ.ދޫހިމިރި ގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 57 މީހުން ހާލުގައި ޖެހިފައިވާކަމަށް އެންޑީއެމްއޭ އިން ބުނެފައިވެއެވެ. އޭގެ ތެރެއިން 37 މީހުންނަކީ ދިވެހިން ކަމަށާއި ދެން ހިމެނެނީ ބިދޭސީންކަމަށްވެސް އެ އޮތޯރިޓީން ކުރިން ބުނެފައިވެއެވެ.
އެ އޮތޯރިޓީން ބުނެފައިވާ ގޮތުގައި އަލިފާން ރޯވި ހ.ދޫހިމިރި ގޭގެ އިތުރުން ޖެހިގެން ހުރި ރީފްވިއު އާއި ސައުތުއެންޑް އަށްވެސް އަލިފާނާއި ދުމުގެ އަސަރު ކޮށްފައިވެއެވެ.