ރައީސް ޑރ.މުއިއްޒު އިންޑިއާއަށް ދަތުރުފުޅެއް ކުރައްވަން އުޅުއްވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހިނާ ވިދާޅުވީ ވަރަށް އަވަހަށް ރައީސް އިންޑިއާއށް ދަތުރުފުޅެއް ކުރައްވާނެކަމަށާއި، ދެ ގައުމުންވެސް މިހަރު ތާރީހެއް ކަނޑައެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަށެވެ.
ރާއްޖެއާއި އިންޑިއާގެ ގުޅުން މަޑުމަޑުން ރަނގަޅުވަމުން އަންނަ މިދަނޑިވަޅުގައި ރައީސް ގެ ދަތުރުފުޅެއް އިންޑިއާއށް ކުރެއްވުމަކީ ރާއްޖެއަށް އޭގެ ފައިދާ ވަރަށް ބޮޑަށް ލިބިދޭނެ ކަމެއްކަމުގައި ބެލެވެއެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ އައު ދައުރަކަށް ބޮޑުވަޒީރު ކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެލެއްވުމަށް މިދިޔަ ޖޫން މަހު ވެސް ރައީސް ޑރ.މުއިއްޒު ވަނީ އިންޑިއާއަށް ދަތރުފުޅެއް ކުރައްވާފައެވެ. އެދަތުރުފުޅުގައި ދެގައުމުގެ ވެރިން ވަނީ ބައްދަލުކުރެއްވުމެއްވެސް ބާއްވާފައެވެ.
އަދި މިދިޔަ މަހު އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރ ޖައެ ޝަންކަރު ވެސް ރާއްޖެއަށް ވަނީ ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.