logo minivan

English

ބުދަ, 09 އޮކްޓޯބަރ 2024

ޝީލާ އާ ގުޅޭ ގޮތުން ސައީދު ދެއްކި ވާހަކައަށް މަނިކު ރައްދު ދީފި

ފިލްމު އިންޑަސްޓްރީގައި ހަރަކާތްތެރިވާ އަޙްމަދު ސައީދު ފިލްމީ ތަރި ޝީލާ ނަޖީބާއި ގުޅޭގޮތުން ދެއްކި ވާހަކަތަކަށް ޝީލާގެ ފިރިކަލުން މަނިކު ރައްދު ދއްވައިފިއެވެ.

ފޭސްބުކްގައި ހިއްސާ ކޮސްފައިވާ ވީޑިއޯ ޕޯސްޓެއްގައި މަނިކުވަނީ ވަރަށް ބޮޑަށް ސައީދު އަށާއި ޑާކް ރެއިންއަށް ފާޑު ކިޔައިފައެވެ.

ޑާކް ރެއިންގެ ފިލެމެއް ކަމަށްވާ "ބީބީ" ގެ ޕްރޮމޯޝަނަލް އިންޓަވިއު އެއްގައި ސައީދު ބުނެފައިވަނީ ޝީލާ ނަޖީބާ އެކު ދެތިން ފިލްމެއް ކުޅުނު ފަހުން މަނިކު އޭނާއާއި މިހާރު ވާހަކަ ދެއްކުން ހުއްޓާލާފައިވާ ކަމަށާއި، ނަމަވެސް އެއީ ހަމައެކަނި އެކްޓް ކަމަށާއި އެހެންކަމުން މަނިކު އޭނާގެ އަނބިމީހާ ޝީލާ އަށާއި ސައީދު އަށް އިތުބާރު ކުރުމަށް އެ އިންޓަވިއުގައި ސައީދު މަނިިކު ކިބައިން އެދިފައި ވެއެވެ.

މަނިކުއޭ އެއްވެސް ގޮތަކަށް ޝައްކު ނުކުރާށޭ. އަހަރެމެން ހަމަ ޖަސްޓް އެކްޓޭ ކުރަނީ. މަނިކު އިތުބާރު ކުރަން ވާނެއޭ އަހަރުންމެންނަށް ދޯ. ސައީދު ބުނެފަައިވެ އެވެ.

އެކަމާ ގުޅިގެން މަނިކު ބުނީ ސޯޝަލް މީޑިއާގައި އެ އިންޓަވިއު އަށް މީހުން ކޮށްފައި ހުރި ކޮމެންޓުތަކުގެ ސަބަބުން ވަރަށް ދެރަވި ކަމަށާއި. އަދި އޭނާގެ ގާތް އެކުވެރިންވެސް އެ ވާހަކަ އަހާތީ ވަރަށް ކަންބޮޑުވިކަމަށް މަނިކު ބުނެފައިވެއެވެ.

އެހެންކަމުން އެވާހަކާގެ ހަގީގަތް މީސް މީޑިއާ މެދުވެރިކޮށް ހާމަކުރުމުގެ ނިޔަތުގައި އެވާހަކަ ދައްކަން ޖެހުނީ ކަމަށާއި، ފިލްމު ޕްރޮމޯޓް ކުރުމުގެ ބޭނުމުގައިވެސް ޝީލާއާއި ބެހޭގޮތުން އެފަދަ ވާހަކަތަކެއް ޑާކް ރެއިިން އިން ދައްކައިގެން ނުވާނެ ކަމަށް މަނިކު ބުނެފައިވެއެވެ. އަދި އެ ގޮތައް ކަންތައް ކުރީމައި  މީހުންނާއި ބެހޭގޮތުން ނުބައިކޮށް ދެކެވި ވާހަކަތަކެއް ފެތުރިގެން ގޮސްފައިވާކަމަށްވެސް މަނިކު ބުނެފައިވެއެވެ.

އެއީ ފިލްމެއްގެ ޕްރޮމޯޝަނަށް ވެސް މީހުން ކުރަން ނުވާ ކަހަލަ ކަންތައްތައް، ޑާކްރެއިނުން އެ ކަންތައް އެ ގޮތަށް ކުރީތީ ވަރަށް ދެރަވެއްޖެ، ޕަބްލިކަށް މީހަކު އަރާ އެގޮތަށް ވާހަކަ ދެއްކީމަ މީހުން ހީކުރާނެ ދޯ، އެއީ ތެދު ވާހަކައެކޭ، އެކަމަކު އެއީ އެއްވެސް ހާލެއްގައި ތެދެއް ނޫން، ހަގީގަތެއް އޮތް ވާހަކައެއް ނޫން. މަނިކު ބުނެފައި ވެއެވެ.

އިތުރަށް މަނިކު ބުނެފައިވަނީ މިހާތަނަށް ޝީލާގެ ވަފާތެރިކަމާއި ދޭތެރޭ ޝައްކު ކުރެވޭ އެއްވެސް ކަމެއް ކުރިމަތިވެފައި ނުވާތީ އޭނާއާއި އެއްކޮށް 21 އަހަރު ހޭދަކުރެވިފައިވާ ކަމަށާއި، ނަމަވެސް ސައީދުގެ އަންހެނުން އުޅޭ ގޮތް އޭނާއަށް ނޭގުނަސް ޝީލާގެ ފަރާތުން އިތުބާރު ގެއްލޭނެ އެއްވެސް ކަމެއް ނުފެންނާނެ ކަމުގެ ޔަގީންކަން މަނިކަށް އޮންނަ ކަމަށް މަނިކު ބުނެފައިވެއެވެ.

ސައިދަކަށް އިހްސާސެއް ނުކުރެވޭނެ ސައީދު އަންހެނުން މިސާލަކަށް 10 މީހުންނާވެސް ހިތާވެގެނ އުޅެފާނެ، 6 މީހުން ތިބެދާނެކަންނޭނގެ ވެމްކޯތެރޭވެސް ހިތާވެގެންއުޅޭ، އޭނަ އުޅޭ ގޮތް ސައިދަށްވެސް ނޭނގުނީމަ ވެދާނެ އެކަހަލަ ކަމެއް، ސައީދުހެން އަހަންނަކީ ބުރު އަތައް ލައިގެން އުޅޭ މީހެއްނޫން. މަނިކު ބުނެފައިވެއެވެ.

ފިލްމީ ތަރި ސައީދުގެ އަންހެނުންނަކީވެސް ފިލްމު އިންޑަސްޓަރީގައި މަސައްކަތްކުރާ ބަތަލާ ފާތިމަތު އަޒީފާ (އަޒޫ) އެވެ.

މަނިކުއާއި ޝީލާ ވަނީ ވަރަށް ގިނަ ބައެއްގެ މެދުގައި މަގްބޫލު ޖޯޑެއްގެ ގޮތުގައި މަޝްހޫރުވެފަ އެވެ.

މަނިކު އާއި ޝީލާ އަކީ ފިލްމީ ދާއިރާގެ ގިނަ ތަރިންނާ ޚިލާފަށް އެކުއެކީ ގިނަ އަހަރު ތަކެއްވަންދެން ދިރިއުޅެމުންދާ ދެ ބައިވެރިންކަން ފާހަގަކުރެވެއެވެ. އެ ދެ މީހުންގެ ކައިވެންޏަށް 21 އަހަރު ވެފައިވާއިރު މިހާރު އެ ދެމީހުންގެ ކައިވެންޏަށް ދެ ކުދިންވެސް ލިބިފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

    1. Maniku key Saeed eku tgafaathen neh…en adhi thimeehun ge abin ves ehen..hiley firihenuh ge gaiga ugulhen anhenuh Fonuvunee…dheenuga nei anhenuh filum kulhen gonuvah angavaafa …..

  1. ފިލްމު ކުޅޭމީހުންގެ ތެރެއިން މަނިކުއާ ޝީލާގެ ދެމަފިރިން ފިޔަވާ އަދި ނުދެކެން ލޯބިން އަދި މަސްއަލަ ނުޖެހި ކައިވެނި މަތީގަ ދެމިތިބި ދެމަފިރިންނެއް އެދެމަފިރިން ފެންނަނީ ވަރަށް ލޯބިން އުޅޭތަން ސަޢީދު އާ އަޒޫހެ ގޮތެއް ނޭންގެ

  2. ސައިދު ހެންތާ އޭނަގެ އަންހެނުންވެސް އުޅޭނީ ސައިދަކީ ޖެހުނު ކޮންމެ އަންހެނަކު ހެޔޮވެރު މީހެއް އެހެންވީމަ އަޒޫއައްވެސް ވާނީ އެހެންތާ

  3. ހަގީގަތުގައި މީ ވަރަށް ދެރަ ކަމެއް އެއް ޕްލެޓް ފޯމެއްގައި މަސައްކަތް ކުރަމުން ދާ ބައެއް ގިނަ ބެލުންތެރިން ތެރޭގައި މިފަދަ ވާހަކަތައް ހިއްސާކުރުން

  4. އެ ސައީދު އޭ ކިޔާ މީހާއަކީ ވަރަށް ފޮނި ކަނޑާ މީހެއް. ފިލްމުތަކުގަ އުޅުނަކަސް ފިލްމު ސްޓާރެއް ގޮތުގަ މީހުން ބަލައިގަންނަ މީހެއް ނަމަވެސް ރަނގަޅުތާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *