logo minivan

English

އަންގާރަ, 14 ޖެނުއަރީ 2025

ކުޅުދުއްފުށީ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހަދަނީ

ހދ.ކުޅުދުއްފުށި ސިޓީގެ ފަޅުތެރޭގައި މިއަދު މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ނިންމައިފި އެވެ.

އެ ރަށު ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނިފައިވަނީ، ހދ. ކުޅުދުއްފުށީ ޑެއިޒީ ފެހި، އުމުރުން 36 އަހަރުގެ މުހައްމަދު ހަސަން އެވެ.

ފުލުހުން ބުނީ، ހަސަން އެ ސިޓީގެ އުތުރު ފަރާތު ބަނދަރުގެ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނު ގާތްގަނޑަކަށް 8:25 އެހާކަން ހާއިރު ކަމަށާއި،  އޭނާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށެވެ.

ފުލުހުން ބުނީ، އޭނާގެ މަރުގެ އަސްލު ދަނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، އެގޮތުން އޭނާގެ ޕޯސްޓްމޯޓަމް ހަދަން މިރޭ މާލެ ގެންނަން ހަމަޖެހިފައިވާ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *