logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ގަވާއިދާ ހިލާފަށް ޑޮލަރު ވިޔަފާރި ކުރަމުންދިޔަ ބިދޭސީ އަކު ހައްޔަރު ކޮށްފި

މާލޭގައި ގަވާއިދާ ހިލާފަށް ޑޮލަރު ވިޔަފާރި ކުރަމުން ދިޔަ ބިދޭސީ އަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، ގަވާއިދާ ހިލާފަށް ޑޮލަރުގެ ވިޔަފާރީ ކުރަމުންދިޔަ ކަމުގެ ތުހުމަތުގައި އިމިގްރޭޝަނާ ހަވާލު ކުރުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ބިދޭސީ އަކު ގެންގޮސްފައިވާ ކަމަށެވެ.

ބްލެކް މާކެޓްގައި ޑޮލަރު ވިއްކާ ބިދޭސީންތަކެއް މީގެ ދުވަސްކޮޅެއް ކުރިން ވެސް އަތުލައިގަތެވެ. އޭރު އިމިގްރޭޝަނުން ބުނީ އެ މީހުން ޑީޕޯޓްކުރާނެ ކަމަށެވެ.

ކަރަންސީ އެކްސްޗޭންޖުގެ ހިދުމަތް ދޭ ތަންތަނުގެ ކުރިމަތީ މަގުމަތީގައި ހާއްސަކޮށް ސަލްމާން މިސްކިތް ކައިރިން ބޮޑު ތަކުރުފާނު މަގުގައި ޑޮލަރު ވިއްކުމާއި ގަތުމުގައި ވަރަށް ގިނައިން ބިދޭސީން ހަރަކާތްތެރިވަމުންދާތަން ފެނެއެވެ.

ބްލެކް މާކެޓްގައި ގިނަ އަދަދަކަށް ޑޮލަރު ވިއްކަމުންދާ އިރު އެ މާކެޓްގައި މިހާރު ޑޮލަރެއްގެ އަގު ރުފިޔާއިން  އުޅެނީ 18އިންމަތީގަ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ