logo minivan

English

ބުރާސްފަތި, 19 ސެޕްޓެމްބަރ 2024

ޓެލެގްރާމްގައި ހިންގާ ބަރަހާނާ ޗެނަލްތަކަށް ވަދެ ތިބޭ ފަރާތްތަށް ހޯދައި ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފި

ޓެލެގްރާމްގައި ހިންގާ ބަރަހާނާ ޗެނަލްތަކަށް ވަދެ ތިބޭ ފަރާތްތަށް ހޯދައި ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އެހެން ބުނެފައިވަނީ ޓެލްގްރާމް ގައި ބަރަހާނާ ވީޑިއޯއާއި ފޮޓޯ ބޭނުންކޮށްގެން ފުޅާ ދާއިރާއެއްގައި އޭގެ ވިޔާފާރިކުރާ 3 މީހަކު ފުލުހުން ހައްޔަރުކޮށް ގިނައަދަދެއްގެ ޓެލެގްރާމް ޗެނަލްތައް ބަންދުކުރުމާއި ގުޅޭގޮތުން މައުޅުމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ފުލުހުން ބުނެފައިވަނީ ޓެލެގްރާމް ވެނަލް ތައް ހިންގާ މީހުން އެ މަސައްކަތުގެ ތރެއިން ތަފާތު ކުއްތަކަށް އަރާގަނެފައިވާ ކަމަށާއި، އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ކ.ކާށިދޫ ސިލިންކޯ އިސްމާއިލް ޒަބީހު ވަނީ އެމައްސަލަ ފުލުހުންނަށް ރިޕޯޓްކުރި ފަރާތައް ބިރުދައްކާފައި ކަމަށާއި ޒަބީހު ޓެލެގްރާމްގައި އެ ފަރާތުގެ ފޮޓޯތައް ޕޯސްޓްކޮސްފައިވަނީ އިންޒާރު ދިނުމަށްފަހު ކަމަށާއި ޒަބީހު ބަލައި ފާސްކުރުމުން ޒަބީހުގެ ފޯނު އެކަން ޔަގީން ކުރެވިފައިވާ ކަމަށާއި އެދި އެތައް ފަރާތެއްގެ ބަރަހާނާ ފޮޓޯ އާއި މަންޒަރު ޒަބީހުގެ ފޯނުން ފެނިފައިވާކަމަށާއި، އޭގެ ތެރޭގައި ކުޑަކުދިންގެ އެފަދަ މަންޒަރާއި ފޮޓޯވެސް ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެއެވ.

ދެން އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ކ.މާލެ ދަފްތަރު ނަންބަރ 1475 ނާސިފް އަލީ ގެ ފޯނުންވެސް މައްސަލައާއި ގުޅުންހުރި ގިނަ އަދަދެއްގެ މަންޒަރާއި ފޮޓޯ ތައް ފެނިފައިވާކަމަށާއި އަދި އެ މައްސަލާގައި ހިންގާފައިވާ އެތައް ބައިވަރު ފައިނޭންޝަލް ޓްރާންސެކްޝަންތަކާއި ގުޅޭ މައުލޫމާތުވެސް ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ މައްސަލާގައި ހައްޔަރުކުރެވުނު އދ.މަހިބަދޫ ބަހާރުގެ ޒުބައިރު އަލީގެ ފޯނުން ކުޑަކުދިންގެ ބަރަހާނާ މަންޒަރުތަކާއި ފޮޓޯތައް ޓެލެގްރާމްގައި ޕޯސްޓް ކޮށްފައިވާކަން ދެނެގަނެވިފައިވާކަމަށާއި އަދި އެ މައްސަލާއާއި ގުޅުންހުރި އެތައް މުޢާމަލާތްތަކެއް ޒުބައިރުއަލީ ހިންގާފައިވާކަމަށާއި އޭގެތެރޭގައި އެ ޗެނަލް ތައް އެހެންފަރާތްތަކަށް ތައާރަފްކޮސްދީ މާކެޓް ހޯދުމަށް މަސައްކަތްކޮށްފައިވާކަންވެސް ދެނެގަނެވިފައިވާކަމަށް ފލުހުން ބުނެފައިވެއެވެ.

ކުޑަކުދިންގެ ފޮޓޯތަކާ ވީޑިއޯތައް ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާކަމަށާއި އަދި ޓެލެގްރާމް ޗެނަލް އިން ފޮޓޯ އާއި ވީޑިއޯ ރިމޫވް ކުރުމަށް އެދޭ ފަރާތްތައް ބްލެކްމެއިލްކޮށް ފައިސާ ހޯދައި އަދި އެފަރާތްތަކާ ޖިންސީގުޅުން ހިންގަން މަސައްކަތްކޮށްފައިވާކަންވެސް ދެނެގަނެވިފައިވާކަމަށް ފުލުހުން ބުނެޏެވެ.

ފުލުހުން ބުނެފައިވަނީ އެ މީހުން ހިންގި ޗެނަލްތަކުގެ ތެރެއިން  ފުރަތަމަ ޗެނަލަގައި 3،323 މީހުން ވަދެ ތިބި އިރު އެ ޗެނަލްގައި 25،859 ފޮޓޯއާއި 4،371 ވީޑިއޯ ހިމެނޭ ކަމަށާއި، ދެވަނަ ޗެނަލްގައި 2،275 މީހުން ވަދެ ތިބިއިރު އެ ޗެނަލް ގައި 13،280 ފޮޓޯއާއި 2،180 ވީޑިއޯ ހުރި ކަމަށެވެ.

އަދި ތިންވަނަ ޗެނަލްގައި 2،071 މީހުން ވަދެ ތިބިއިރު އިރު ޗެނަލްގައި 10،943 ފޮޓޯއާއި 1،586 ވީޑިއޯ ހުރިކަމަށާއި، ހަތަރުވަނަ ޗެނަލްގައި 1،097 މީހުން ވަދެތިބިއިރު އެ ޗެނަލް ގައި 11،073 ފޮޓޯއާއި 1،085 ވީޑިއޯ ހިމެނޭ ހިމެނޭ ކަމަށެވެ.

އެ ބައްދަލުވުމުގައި މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ ގިނަ އަދަދެއްގެ މީހުން އެފަދަ ޗެނަލްތައް ސަބްސްކުރައިބް ކޮސްފައިވާ ކަމަށާއި އަދި ގިނަ އަދަދެއްގެ ބަޔަކު އެފަދަ ޗެނަލް ތަކަށް ވަދެ ތިބޭ ކަމަށާއި އެހެންކަމުން އެފަދަ ފަރާތްތައްވެސް ހޯދައި އެ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *