logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ހެންވޭރު ގެއަކުން ވައްކަންކުރި މީހަކު ހައްޔަރު ކޮށްފި

މާލެ ހެންވޭރު ގެއަކުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، މި މަހުގެ 8 ވަނަދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހެންވޭރު ގެއަކުން ވައްކަންކޮށްފައިވާ މައްސަލަ އެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ދެ ތަނެއް ބަލައިފާސްކޮށް، އެ ގެއިން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަރަންޓު ބުރުމާ ތަކަކާއި، މުށި ކަފާ މެޝިންތަކަކާއި، ލޮއިނަރުތަކެއްގެ އިތުރުން ކަރަންޓު ވައިރުކުރާ ނަރުތަކެއް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން، ހައްޔަރު ކޮށްފައިވަނީ،  ލ. މާވަށް / ޖަމީލާމަންޒިލް އުމުރުން 48 އަހަރުގެ އާދަމް ހުސައިން އެވެ.

ފުލުހުން ބުނީ، އޭނާ ހައްޔަރު ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ބާލާ ތަހުގީގުކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ