logo minivan

English

ބުރާސްފަތި, 19 ސެޕްޓެމްބަރ 2024

ހަމަލިބުނީ ފާސްކުރީ! ކުންފުންޏާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކޮމިޓީން ފާސްކޮށްފި

ކުންފުންޏާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން އިގްތިސާދީ ކޮމިޓީއަށް ފޮނުވީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، އެއްވެސް ބަދަލެއް ނުގެނެސް، ކޮމިޓީން ބިލް ފާސްކޮށްފިއެވެ.

އިގްތިސޯދީ ކޮމިޓީން މިގޮތަށް ނިންމީ މިއަދު 11:30 ގައި ކުރިއަށް ގެންދިޔަ އެކޮމިޓީގެ ބައްދަލުވުމުގައެވެ.

ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހަޅާފައިވަނީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު އެވެ. ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވާ ހާއްސަ ޖަލްސާގައި ވަނީ މި އިސްލާހުގެ ބަހުސް ކުރިއަށް ގެންގޮސްފަ އެވެ.

މަޖިލީހުގެ ތަޅުމުގައި ކުރިއަށް ގެންދިޔަ މި ބަހުސްއަށް ފަހު މި ބިލު މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ވޯޓަށް އެހުމުން 77 މެންބަރުން ވަނީ ފެންނަކަމަށް ވޯޓު ދެއްވާފަ އެވެ. ނުފެންނަކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެ އެވެ. މަޖިލީހަށް މި ބިލު ބަލައިގަތުމާއެކު މި ބިލު ދިރާސާ ކުރުމަށް ފޮނުވާފައިވަނީ އިގްތިސޯދީ ކޮމިޓީއަށެވެ.

މި ބިލަކީ ސަރުކާރު ކުންފުނިތަކުގެ ހިންގުން އިތުރަށް ވަރުގަދަ ކުރެވޭނެ އިސްލާހެއްކަމަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ ވިދާޅުވެފަ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *