ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އައްބާސް ޝަރީފަށް ރުހުން ދިނުމަށް ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.
ޖުޑިޝަރީން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އައްބާސްއަށް ރުހުން ދޭން ނިންމާފައިވަނީ ކޮމިޓިގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
ޕީޖީގެ މަގާމަށް އައްބާސްއަށް ރުހުން ދިނުމަށް މަޖިލީހުގެ ދައުރުން ބޭރުން އަދި އެއް ޖަލްސާ ބާއްވާނެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާ ނިންމާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މާދަމާ ހެނދުނު 09:00 ގައި ކަމަށެވެ.