އަންހެން ދަރިންނާއި ތިމާގެ ކުއްޖަކަށް ޖިންސީ އަނިޔާކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި މިހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން އިއްޔެ ބުނީ މާލޭގައި ދިރިއުޅޭ މީހަކު އޭނާގެ އަންހެން ދަރިންނާއި ގާތްތިމާގެ ކުއްޖަކާމެދު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ހޮނހިރު ދުވަހުގެރޭ ދަންވަރު ގަޑިއެއްގަ އެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން 42 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ. ނަމަވެސް، މި މީހާގެ އިތުރު މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.