ގުލާބީ މަގުން ސައިކަލެއް ފޭރުނު މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، މި މަހުގެ 14 ވަނަ ދުވަހު ފަތިހުގެ ވަގުތެއްގައި ގުލާބީ މަގުން ސައިކަލެއް ފޭރުނު މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ، މ. މާކަނާ، އުމުރުން 30 އަހަރުގެ އަހުމަދު ޝައިރަފް އަބްދުއްރަހީމް އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.