logo minivan

English

ބުދަ, 15 ޖެނުއަރީ 2025

ރައްޔިތުންގެ ހައްގުގައި އިންޑިއާއާއެކު ރައީސް މަޝްވަރާކުރައްވާނެ: ހީނާ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންގެ ލާބައާއި މަންފާއާ ގުޅޭ ހުރިހާ ކަމެއްގައި އިންޑިއާއާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ހީނާ ވިދާޅުވީ، އިންޑިއާއާ ދެމެދު ގުޅުން ބަދަހިވެފައި ހުރި ހުރިހާ ދާއިރާއަކުން ގުޅުން ބަދަހި ކުރެއްވުމަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ރަސްމީ ދަތުރުފުޅެއްކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

ރައީސް މުޢިއްޒު މިއަހަރު ތެރޭގައި އެންމެ ފުރަތަމަ އިންޑިއާއަށް ދަތުރުކުރެއްވީ 9 ޖޫން ހިސާބުގައި އިންޑިއާ ސަރުކާރުގެ ދަޢުވަތަކަށެވެ. އެއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ބޮޑުވަޒީރުކަމަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބެއްލެވުމަށް ލިބުނު ދަޢުވަތެކެވެ.

އިންޑިއާއާއެކު އޮންނަ ގުޅުން ހީނަރުވުމަށްފަހު، ސަރުކާރުން އަންނަނީ އިންޑިއާއާއެކު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރުވެސް ވަނީ ދާދިފަހުން ރާއްޖެއަށް ވަޑައިގެން ރަސްމީ މަޝްވަރާތައް ބާއްވަވާފަ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *