logo minivan

English

ބުދަ, 09 އޮކްޓޯބަރ 2024

ހެެއްވާ ބިރުވެރި ފިލްމު ބިބީގެ ޓިކެޓް ވިއްކަން ފަށައިފި، ޑާކް ރެއިންއިން ބުނަނީ ތަފާތުވާނެ ކަމަށް

ޑާކް ރެއިން އެެންޓަޓެއިންމަންޓުން އަންނަ މަހު ނެރުމަށް ހަމަޖެހިފައިވާ ފިލްމު "ބިބީ"ގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.

މި ފިލްމުގެ ޓިކެޓް މިއަދު ހެނދުނު 10:00 އިން ފެށިގެން ވިއްކަމުން ދަނީ އޮލިމްޕަހު ޓިކެޓް ކައުންޓަރުންނެވެ. އޮންލައިންކޮށްވެސް ޓިކެޓް ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

ބިރުވެރި އަދި މަޖާ ހާދިސާތަކެއްވެސް ހިމަނައިގެން އުފައްދާފައިވާ ބިބީ ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އޮކްޓޫބަރު ހަތްވަނަ ދުވަހު އެވެ.

މި ފިލްމުގެ ވާހަކައާއި ސްކްރީންޕްލޭ ތައްޔާރުކޮށް ފިލްމު ޑައިރެކްޓް ކުރީ ޕީއެސްއެމްގެ ޕްރޮޑިއުސަރު ޝަހުދާ މަހްމޫދު އެވެ. މިއީ އޭނާގެ ފުރަތަމަ ފީޗާ ފިލްމެވެ.

ބިބީގެ ތަރިންގެ ތެރޭގައި ހިމެނެނީ ޑައިރެކްޓަރު ޝަހުދާގެ ފިރިމީހާ އަދި ކުރިއަރަމުން އަންނަ އުއްމީދީ އެކްޓަރު ޝަރަފް އަބްދުﷲ އާއި ޑާކް ރެއިންގެ އެންމެ ގިނަ ފިލްމުތަކުގައި ލީޑް ރޯލްތައް ކުޅެފައިވާ މަރިޔަމް މަޖުދާ (މަޖޫ)އާއި ތަޖުރިބާކާރު ދެ ފަންނާނުން ކަމަށްވާ ޝީލާ ނަޖީބާއި އަހްމަދު ސައީދު އެވެ. މި ފިލްމުގެ ބައެއް މަންޒަރުތަކުން ކުރީގެ ފިލްމީ ތަރި އިސްމާއީލް ވަޖީހުވެސް ފެނިގެންދާނެ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *