logo minivan

English

އަންގާރަ, 03 ޑިސެމްބަރ 2024

ބުރިޖްމަތީގައި ސަރފްބޯޑު ހިފައިގެން ދުއްވި މީހަކަށް ފުލުހުން ފިޔަވަޅުއަޅައިފި

ސިނަމާލެ ބްރިޖާއި ހައިވޭ ހުރަސްކޮށް ސައިކަލުގައި ސަރފްބޯޑެއް އުފުލި މީހަކާމެދު ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އެކްސް އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެމީހާއަށް ފިޔަވަޅުއަޅާފައިވަނީ، ގަވާއިދާ ހިލާފަށް މުދާ އުފުލުމުގެ މައްސަލައިގައި ކަމަށެވެ.

އަދި އެފަދަ އަމަލުތަކަކީ ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަންކަން ކަމުގައިވާތީ، މިފަދަ އަމަލުތަކުން ދުރުހެލިވުމަށް އެންމެހައި ފަރާތްތަކަށް ފަލުހުންވަނީ އެކަން ހަނދާންކޮށްދޭކަމަށްވެސް ބުނެފައެވެ.

ހައިވޭއާއި ބުރިޖުގައި ބާރު ދުވެލީގައި ދަތުރުކޮށްފައިދާއިރު ވައި އެޅޭ ޒާތުގެ ތަކެތި އުފުލުމަކީ ރައްކާތެރި ގޮތެއް ނޫންކަމަށް ބުނެ ފުލުހުން ދަނީ ތަކުރާރުކޮށް ނަސޭހަތްތެރިވަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *