logo minivan

English

ހޮނިހިރު, 21 ޑިސެމްބަރ 2024

ބީއެމްއެލްގެ ޗެއާމަނަކަށް ސަރުކާރުން ހުށައަޅަނީ ކެބިނެޓް ސެކްރެޓަރީ އަލީ ހަބީބު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗެއާމަންގެ މަގާމަށް ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒްގެ މަގާމުގައި ހުންނެވި އަލީ ހަބީބުގެ ނަން ސަރުކާރުން ހުށަހަޅައިފި އެވެ.

ބީއެމްއެލްއިން މިމަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހިއްސާދާރުންގެ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާގައި އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބައްދަލުވުން ބާއްވަނީ ސަރުކާރުން އެކަމަށް އެދުމުންނެވެ.

މި ބައްދަލުވުމުގެ އެޖެންޑާ ނެރުމަށްފަހު ވަނީ އެޖެންޑާ އިސްލާހުކޮށް އަލުން އެޖެންޑާ އިއުލާންކޮށްފަ އެވެ. އެޖެންޑާ އިސްލާހުކޮށްފައިވަނީ މިހާރު ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާފައިވާ ދެ މީހުންގެ ނަމުގެ އިތުރުން އިތުރު މީހެއްގެ ނަން ސަރުކާރުން ހުށަހެޅުމުންނެވެ.

ސަރުކާރުން ތިންވަނަ މީހެއްގެ ގޮތުގައި ނަން ހުށަހަޅާފައިވަނީ ކެބިނެޓު ސެކްރެޓަރީ ނޫވިލާގެ/އައްޑޫ ހިތަދޫ، އަލީ ހަބީބުގެ ނަމެވެ. އޭގެ ކުރިން ސަރުކާރުން ހުށަހަޅާފައިވަނީ ޕެންޝަން އޮފީހުގެ ކުރީގެ ސީއެފްއޯ މުހައްމަދު ޝާހިދު އާއި މާލީ އަދި ސިއްހީ ވުޒާރާގެ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރެއްވި އަލީ އިރުފާން އެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *