މާފަންނު ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ، މާފަންނު ގެ އެއްގައި މީހަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު ލިބިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތް ތެރިވަމުން އަންނަ ކަމަށެެވެ.
މަރުވެފައި އޮއްވާ ފެނިފައި ވަނީ، އުމުރުން 57 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މި ހާދިސާ އިތުރަށް ބަލާ ތަހުގީގު ކުރަމުންނެވެ.