logo minivan

English

އަންގާރަ, 14 ޖެނުއަރީ 2025

ޝަކުވާއެއް އެބައޮތްތަ؟ ހެލްތު މިނިސްޓްރީން ހާއްސަ ޕޯޓަލްއެއް

ހެލްތް މިނިސްޓްރީން މިއަދު އާންމުންގެ ޝަކުވާތަކަށް “މާހަރާ” ނަމަކަށް ކިޔާ އޮންލައިން ޕޯޓަލެއް އިފްތިތާހުކޮށްފި އެވެ.

މި ޕޯޓަލް އިފްތިތާހުކުރެވުނީ ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރަމުންގެންދާ ބަލި މީހުންގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގުޅިގެން ނެވެ.

މި އަހަރުގެ ބަލި މީހުންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރާ ދުވަސް ފާހަގަކުރުމަށް ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން، ކުރީގެ ހެލްތު މިނިސްޓަރ ޑރ. އާމިނަތު ޖަމީލެވެ.

“މާހަރާ” ޕޯޓަލްގެ އެހީގައި ޞިއްޙީ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އެފަރާތްތަކަށް ދިމާވާ އެކިއެކި ކަންކަމާ ގުޅިގެން ހުންނަ ކަންބޮޑުވުންތައް ހިއްސާކުރެވޭނެ އެވެ. މިކަމުގެ ސަބަބުން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކޮށް، ޞިއްޙީ ޚިދުމަތާމެދު މީހުންގެ އިތުބާރު ހިފެހެއްޓުމަށް މަގުފަހިވެގެންދާނެ އެވެ. މި ޕޯޓަލް ތައްޔާރުކޮށްފައިވަނީ ޑަބްލިޔު.އެޗް.އޯގެ އެހީތެރިކަމާއެކުގައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު ޑރ. އަބްދުﷲ ޚަލީލާއި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *