logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024

އަތުހަރުގެ އޮޓޮޕްސީ ރިޕޯޓް ލިބިއްޖެ؛ މަރުވީ ދަންޖެހިގެން

އަންހެނަކު ރަހީނުކޮށް ވަޅިން ބިރު ދެއްކި މައްސަލައިގައި ހައްޔަރުކޮށް ޖަލުގައި ހުއްޓާ ފަހުން މަރުވި އާދަމް އަތުހަރު މަރުވީ ދަން ޖެހިގެންކަން ފުލުހުން ކަށަވަރުކޮށްދީފި އެވެ.

އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ރަހީނުކުރި މައްސަލާގައި ބަންދުގައި ހުރެ އަމިއްލައަށް މަރުވާން މަސައްކަތްކޮށްގެން ހާލު ދެރަވެ ފަރުވާދެމުން ދަނިކޮށް އަތުހަރު މަރުވީ މި މަހުގެ ދެވަނަ ދުވަހު އެވެ.

ފުލުހުން އޭރު ބުނީ އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތް ކުރީ ދަން ޖެހިގެން ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަތުހަރުގެ މަރާ ގުޅޭ ގޮތުން ފުލުހުންގެ ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު މިއަދު ވިދާޅުވީ އަތުހަރުގެ އޮޓޮޕްސީގެ ނަތީޖާ ލިބިފައިވާ ކަމަށެވެ.

"އެ ރިޕޯޓުގައި މަރުވާން ދިމާވި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ކޮންސިސްޓެންޓް ވިތު ޑެތު ޑިއުޓު ހޭންގިން[ މަރުވީ ދަން ޖެހުމުން]. އަޅުގަނޑު ހަމަ މި މިންވަރަށް މައުލޫމާތު ހާމަކޮށްލަން ގަސްދުކުރަނީ. " ޝިފާއު ވިދާޅުވި އެވެ.

ޝިފާއު ވިދާޅުވީ އެ މައްސަލަ ނެޝެނަލް އިންޓަގްރިޓީ ކޮމިޝަންއާއި އެޗްއާރުސީއެމްއިން ވެސް ތަހުގީގުކުރަމުންދާ ކަމަށާއި އެހެންވެ އަތުހަރުގެ މައުލޫމާތު ސާފުކުރުން ރަނގަޅީ އެ ފަރާތްތަކުގެ ކިބައިން ކަމަށެވެ.

އަތުހަރުގެ މަރާ ގުޅިގެން ސަރުކާރަށް ފާޑުކިއުންތައް އަމާޒުވި އިރު ފުލުހުުން ވަނީ އޭނާ ޖަލުގެ ވީޑިއޯ ފުޓޭޖުތައް ވެސް ނޫސްވެރިންނަށް ދައްކައިލާފަ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *