މާލެގެ ހަލަބޮލިކަމުގައި އުޅުމަށްފަހު ޗުއްޓީއަކަށް ރަށަށްދެވޭ ކޮންމެ ފަހަރަކު ހިތްހަމަޖެހުމުގެ ނޭވާއެއް ލެވެއެވެ. އެތައް ހާސް ފަހަރަކު ދިރިއުޅުން ރަށަށް ބަދަލުކުރުމުގެ ވިސްނުން އާދެއެވެ.
އެއާއެކު ރަށުގައި ދިރިއުޅެވޭނެ ގޮތަކީ ކޮބައިކަމާމެދު ވިސްނާލަމެވެ. އެނބުރި އަންނަންޖެހެނީ އެކަމަށް އެއްވެސް އަލިމަގެއް ނުފެނި މި ހަލަބޮލި ކޮންކްރިޓް ޖަންގަންޔަށެވެ. މިވަނީ ކީއްހެއްޔެވެ.
މާލެ މި ކިޔާ ކޮންކްރީޓް ޖަންގަލީގައި ބޮޑު ކުލި ދައްކައިގެން އަދާކުރާ ވަޒީފާއިން ލިބޭ އެއްޗަކުން ދެކޮޅު ނުޖެހި މި އުޅޭ ދިރިއުޅުމަކީ އަހަރުމެންގެ ތެރެއިން ކިތައް މީހުން ބޭނުންވެގެން އުޅޭ ތަނެއް ހެއްޔެވެ. ރަށްޓެހިން ބުނެއެވެ. ކާލޭ ގަނެ ނުތެޅި ރަށަށް ބަދަލުވެބަލާށެވެ. އެވެރިން ހީކުރަނީ އަހަރެންން ރަށަށް އެނބުރި ދާން ބޭނުންނުވަނީކަމެވެ.
އަހަރެން މާލެ އައީ ރަށުން ކިޔެވޭ އެންމެ މައްޗަކަށް ކިޔަވައިގެން ސްޓޫޑެންޓް ލޯނެއް ނަގައިގެން ރާއްޖެއިން ބޭރަށް ކިޔަވަން އައި އައުމެއްގައެވެ. މާލެގައި މާގިނަ ދުވަހު މަޑު ނުކޮށް ދިޔައީ ކިޔަވާށެވެ. ކިޔަވަން އުޅުނުއިރުވެސް ހިތުގައި އެއް އަޒުމެއް އޮތެވެ. އަހަރެން އެނބުރި އައިސް ދާނީ އަހަރެންގެ އުފަން ފަސްގަނޑަށް ރަށަށް ކަމެވެ. ގައުމަށް ހިދުމަތެއް ކުރާނީ އަމިއްލަ ފަސްގަނޑުގައި ހުރެގެންކަމެވެ.
އެހެނަސް އެއީ އަހަރެންނަށް ކުލައެއް ނުޖެއްސުނު ހުވަފެނެކެވެ. ކުރެވުނު ފޮނި އުއްމީދެކެވެ. ރަށުން ފައިބައިގެން އައި ގޮތަށް ދާއިމަށް ދިރިއުޅުން ހަމަޖައްސަން ޖެހުނީ މާލެގައެވެ. ބޭނުންވެގެންނެއް ނޫނެވެ.
ކިޔަވާ ނިމިގެން އައިސް މަދު ދުވަސްކޮޅެއް ތެރޭގައި އޮތީ އެއްކަލަ ކިޔަވަން ނެގި ލޯނަށް ލާރި ދައްކަން ޖެހިފައެވެ. ރަށުން އަދާ ކުރާނެ ވަޒީފާއެއް ލިބޭތޯ ވަރަށް މަސައްކަތް ކުރީމެވެ. އަހަރެން ކިޔެވީ ޕްރޮފެޝަންއާ ގުޅޭ ވަޒީފާއެއް ނޫންކަމުގައިވިޔަސް ކިޔަވަން ނެގި ލޯނު ދައްކައިގެން ދިރި އުޅުން ހަމަޖައްސާލެވޭވަރުގެ ވަޒީފާއެއް ލިބިޖިއްޔާ އެނބުރި އަމިއްލަ ވަޒަނަށް ދިއުމަށް އަހަރެން ހުރީ ތައްޔާރުވެގެންނެވެ. އެހެނަސް ރަށުގައި ހަމަ އެއްވެސް ވަޒީފާއެއް ނެތީއެވެ. އޮތް ވަޒީފާއެއް ވެއްޖިޔާ އަދާ ކުރަމުން ދިޔައީ އަދި މިހާރުވެސް އަދާކުރަމުން ދަނީ ކޮންމެވެސް ސިޔާސީ މީހަކާ ގުޅުންއޮތް މީހެކެވެ.
އަހަރެންގެ މަޖުބޫރީ ހަލާތަން ދެން ޖެހުނީ މާލެއިން އެއްކަލަ ނެގި ލޯނަށް ފައިސާ ދެއްކޭވަރުގެ ވަޒީފާއެއް ހޯދައިގެން ދާށެވެ.
މިދެވުނީ އަދި އެއްވާހަކަ ނުބުނެއެވެ. އަހަރެން އަމިއްލަ ފަސްގަނޑު ދޫކޮށް އައި އިރު މައިންބަފައިންގެ ދިރިއުޅުން ހަމަޖެހިފައި އޮތީ ރަށުގައި ކަމުން އެމީހުން ތިބީ އެތަނުގައެވެ. ދުވަސްތައް ފާއިތުވެ މައިންބަފައިން މުސްކުޅިވެ މަންމައަކީ ދާއިމަށް ފަރުވާ ހޯދަންޖެހޭ ބައްޔެއް ހުރި މީހަކަށް ވެއްޖެއެވެ.
ރަށަކީ މި ބައްޔަށް ބޭސްފަރުވާ ކުރެވެން އޮތްތަނެއް ނޫނެވެ. ހުންނަނީ ހެލްތް ސެންޓަރެކެވެ. އެހެންކަމުން މައިންބަފައިން އުމުރުން ދުވަސްވެ ބައްޔެއްވެއްޖިޔާވެސް މި އޮންނަނީ މި ފުރަ މާލެއަށް ޑިޕެންޑްވާންޖެހިފައެވެ. މި އަދު އަހަރެން މި މާލެގައި އުޅެންޖެހިފައިވަނީ ތީގެ ތެރެއިން ވަރަށް ގިނަ ބޭފުޅުންވެސް މިތަނުގައި އުޅެންޖެހުނު ގޮތަށެވެ. މަޖުބޫރުވެގެންނެވެ.
ބަޔަކު ބުނެއެވެ. ކަލޭމެން ރަށަށް ދާށެވެ. މިތާ ދިރިއުޅެނީ ކީއްކުރަންހެއްޔެވެ. ކުލީގެ އަޅުންނަށް ކަލޭމެން ހެދީ އަހަރުމެން ހެއްޔެވެ. ތެދެކެވެ މިއަކީ އެހެން ބުނާ މީހަކު ކުރިކަމެއް ނޫނެވެ. އެހެނަސް އަހަރުމެންނަށް މިހާލުގައި އުޅެންޖެހުމުގެ ޒިންމާ ނަގަންޖެހޭނެ ކޮންމެވެސް ފަރާތެއް ތިބެންވާނެ ނޫންތޯއެވެ.
ރަށުގެ ވައި ސާފެވެ. އެއްޗެހި މަދެވެ. މީހުން މަދެވެ. ޗުއްޓީއެއް ހޭދަކޮށްލަން ގޮސް ހޭޝްޓެގް "އައިލެންޑް ލައިފް" ޖަހާލާފައި ފޮޓޯއެއް ނާގާލަން އެވަރެއް ނެތެވެ. އެހެންނަސް އެނބުރި ދެވެން އެބަ އޮތް ހެއްޔެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ރަށުގައި އުޅެންދާން ބުނާ ގިނަމީހުން އެހެންބުނަނީ އެމީހުންގެ ވިސްނުންކޮށިކަމުންނެވެ. ރައްރަށުން އައިސްތިބިމީހުން ގޮސްފިއްޔާ އެމީހުންގެ ދިރިއުޅުމަށް އަތުވެދާނެ ބަދަލަކާއިމެދެ އެމީހުން ނުވިސްނައެވެ. މާލޭގެ ގިނަ އިމާރާތްތަކުގައި ކުއްޔަށް އުޅެނީ ރަށްރަށުން އައިސްތިބި އާއިލާތަކެވެ. ލޯނުތަށް ދައްކާ ޚަރަދުތަށް ހަމަޖައްސަނީ އެމީހުން އތުންލިބޭ ފައިސާއިންނެވެ. ރައްރަށުގައި ކިޔެވޭކަށް ނެތެވެ. ސިއްހީފަރުވާއެއް ލިބޭކަށް ނެތެވެ. އާބާދީ މަދުކަމުން އާމްދަނީ ހޯދާނެ މަސައްކަތެއް ކުރެވޭކަށް ނެތެވެ. މާލޭގައި ހުރި ގިނަ އިމާރާތް ހެދިފައިހުރީ ރަށުގައި އުޅެވެންނެތިގެން މާލެއަށް ބަދަލުވި މީހުން ކުރި ބުރަ މަސައްކަތުން ލިބުނު ފައިސާއިން ލޯނު ދައްކައިގެން ކަމާއި އެމީހުން ދިގުމުއްދަތަށް ހިފައިގެން ހެދި ތަންތަން ކަމެއް ހަދާން ހުރިމީހުން ވަރަށް މަދެެވެ. އެނޫންގޮތަކަށް ހެދިފައި ހުރި ގިނައިމާރާތްތަކަކީ ރައްޔިތުންގެ މުދަލާއި ފައިސާ ނަހަމަގޮތުގައި ލިބިގެން ހެދިފައި ހުރި ތަންތަނެވެ. ގައުމަށް ލިބޭ ޓެކްސް އާމްދަނީގެ ބޮޑު ބައި ހޯދާދެނީ ރައްރަށުން މާލެ އައިސް ބުރަ މަސައްކަތްކޮށްގެން އަމިއްލަޔަށް ކިޔެވި މީހުންނާއި އެމީހުންގެ ދަރިންނެވެ. 1970 ގެ ފަހުކޮޅުގައި މާލެއިން ހިލޭ ގޯއްޗެއް ދިނަސް ތަކުލީފަކަށް ވެދާނެތީ ބޭނުންވާ މީހަކު ނުއުޅެއެވެ. މާލެ މުހިއްމުތަނަކަށްވީ ރަށްރަށުން އައިމީހުން މާލެ އައިސް އެކި ސިނާއައްތަކުގައި މަސައްކަތްކޮށް މުހިއްމުތަނަކަށް ހެދީމައެވެ. އިގިރޭސިން ރާއްޖޭގައި ތިބި ދުވަސްވަރު ބޭނުމަކު މާލެއަންނަ މީހުންވަރަށް މަދެވެ. އަންނަބަޔަކު އަންނަނީ ސަރުކާރުގެ ނިޒާމުތަކުން އަންނަން މަޖުބޫރުކުރާތީއެވެ. އެދުވަސްވަރު މާލޭގެ ގިނަ ރައްޔިތުން ދިރިއުޅުނީ ސަރުކާރުގެ ވަޒީފާތަކުން ލިބޭ އެއްޗަކުންނާއި ރައްއިތުންގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްގެންނާއި ފަޅުރަށްރަށް ލިއުއްވައިގެން ރަށްރަށުގެ މީހުންނާއި ހަވާލުކޮށްގެން ލިބުއެއްޗަކުންނާއި އެމީހުން ހަދިޔާގެގޮތުގައި ގެންނަ ތަކެތިންނެވެ. ގޭގޭގައި އަތް ގާތްކޮށްދޭން އުޅެނީވެސް ރަށްރަށުގެ މީހުންނެވެ. މާލޭގައި ވިޔަފާރިކުރާ ގިނަ ވިޔަފާރިވެރިންނަކީ ރައްޔިތުންގެ ފައިސާގައި ނުޖެހި ބުރަމަސައްކަތުން ފައިސާ ހޯދައިގެން ވިޔަފާރި ފެށިމީހުންނެވެ. އާބާދީގައި ގިނައީ ޒުވާނުންކަމަށްވާތީ އެމީހުނަކަށް މި ހަގީގަތްތަކެއް ނުއެގެއެވެ. ޒުވާނުންނަށް މި ހަގީގަތްތައް ކިޔާދޭން ތިބި މީހުންނަންވެސް އެކަން ކުރާކަށް އެހާ ފަސޭހައެއް ނޫ