logo minivan

English

ހޮނިހިރު, 21 ޑިސެމްބަރ 2024

ކުނި މެނޭޖުކުރާ ސާމާނު 20 ރަށަކަށް ހަވާލުލޮށްފި

ގްރޭޓަރ މާލެ އެންވިޔަރަމެންޓަލް އިމްޕްރޫވްމެންޓް އެންޑް ވޭސްޓް މެނޭޖްމެންޓް ޕްރޮޖެކްޓްގެ ދަށުން ކުނި މެނޭޖުކުރަން ބޭނުންކުރާ ވަސީލަތްތަށް ޒޯން 3ގެ 20 ރަށަކަށް އެންވާރުމެންޓް މިނިސްޓްރީން ހަވާލުކޮށްފި އެވެ.

މި ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައި ވަނީ، ސާފު ރާއްޖެ ބިލްޑިންގ ގެ ސެމިނާ ރޫމުގަ އެވެ. އަދި މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އެންވާރުމެންޓް މިނިސްޓްރ ތާރިގް އިބުރާހީމް އެވެ.

މި ވަސީލަތްތަކުގެ ތެރޭގައި ހިމެނެނީ ކުނި އުފުލަން ބޭނުންކުރެވޭ ޑަމްޕްޓްރަކް، ޑަސްބިން އަދި ކުނި ރައްކާތެރި ގޮތުގައި ގުދަން ކުރުމަށް ބޭނުންކުރާނެ ބޭލާ މެށިން އެވެ. އެގޮތުން، 18 ރަށަކަށް ޑަމްޕްޓްރަކް އަދި 15 ރަށަކަށް ބޭލާ މެށިން އެވެ.

މި ތަކެތި އެ ރައްތަކުގެ ކައުންސިލާ ހަވާލު ކޮށްދީފައި ވަނީ އެންވާރުމެންޓް މިނިސްޓަރ ތާރިގް އިބުރާހީމް އެވެ.

މި ރަސްމިއްތާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ކުނި އުފައްދާ މިންވަރު އިންތިހާއަށް އިތުރުވަމުން އަންނަ ކަމަށާއި، ކުންޏަކީ ދިވެހިިރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގަ އެވެ.

މިއަދު ހަވާލުކުރެވުނު ވަސީލަތްތަށް ބޭނުންކޮށްގެން ދެމެހެއްޓެނިވި އުސޫލެއްހެ ތެރެއިން ރަށު ފެންވަރުގައި ކުނި މެނޭޖުކުރުމަށްވެސް މިނިސްޓަރ ވަނީ އެ ރަރަށްތަކުގެ ކައުންސިލްތަކަށް އިލްތިމާސްކުރައްވާފަ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *