logo minivan

English

އަންގާރަ, 03 ޑިސެމްބަރ 2024

އިމާމުންގެ މަހާސިންތާ ހޮނިހިރު ދުވަހު ބާއްވަނީ

ރާއްޖޭގައި ފުރަތަމަފަހަރަށް ބާއްވާ އިމާމުންގެ މަހާސިންތާ އަންނަ ހޮނިހިރުދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނާ ބައަދަލުކުރައްވައި ދެއްކެވި ވާހަކާގައި އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އިމާމުން ބިނާކުރުމަށާއި ތަމްރީން ކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ކަމަށާއި، އެގޮތުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ އިމާމުންގެ މަހާސިންތާ މިމަހުގެ 21 ވާ ހޮނިހިރު ދުވަހު ބާއްވަން މިހާރު ހަމަޖައްސަވާފައިވާކަމަށެވެ.

ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ  މަހާސިންތާގައި ފިކުރީ ގޮތުން އިސްލާމީ މުޖުތަމަޢަށް ކުރިމަތިވާ ގޮންޖެހުންތަކާއި މުޖުތަމަޢުގައި އިމާމުންގެ ދައުރާއި އިސްލާމީ އުންމަތް ބިނާކުރުމުގައި މިސްކިތުގެ ދައުރުގެ މައްޗަށް އަލިއަޅުވާލާ އިމާމުން ތަމްރީންކުރެވޭނެ ކަމަށެވެ.

އިމާމުންގެ މަހާސިންތާގައި ދެގޮތަކަށް އިމާމުން ބައިވެރިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މަހާސިންތާއަށް ހާޒިރުވެއާއި އޮންނަލައިންކޮށް ޖުމްލަ 388 އިމާމުން ބައިވެރިވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *