logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ފުލުުހެއްގެ ގައިގައި ސައިކަލުން ޖެއްސި މީހަކު ހައްޔަރުކޮށް 10 ދުވަހުގެ މުއްދަތު ޖަހައިފި

ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެއްސި މީހަކު ހައްޔަރުކޮށް 10 ދުވަހުގެ މުއްދަތު ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޅ. ކުރެންދޫ، މަގުމަތީގެ، އުމުރުން 24 އަހަރުގެ އަލީ ސަމާހް މުހައްމަދުއެވެ.

ފުލުހުން ބުނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ މާލޭ ހެންވޭރު ދަނޑު ކައިރީގައި ހުރި ޗެކްޕޮއިންޓެއްގައި ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް ބާރު ސްޕީޑުގައި ސައިކަލު ދުއްވުމުން ފުލުހުން އޭނާގެ ގާތު މަޑުކުރުމަށް ބުނެފައިވާ ކަމަށާއި، ނަމަވެސް އޭނާ ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު މަޑުނުކޮށް ފިލައިގެން ގޮސްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި އޭނާ ހައްޔަރުކޮށްފައިވާ ކަމަށާއި، ސަމާހުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ބަލާ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ